Advertisement

ރައީސް ޔާމީން ހިމެނޭގޮތަށް ކޯލިޝަން ހައްދަވާފާނެކަމަށް ޤާސިމްގެ އިޝާރާތެއް

20 Jan 2019 | 18:19

ވެރިކަން ލިބުމުން ޖުމްހޫރީ ޕާޓީ ނެރެ މަގުމައްޗަށް އެއްލާލާފައިވާ ކަމަށާއި، ކޯލިޝަން ހަދަން ޖެހިއްޖެނަމަ ކުރީގެ ރައީސް ޔާމީންއާއި އެކުވެސް މަޖިލީހަށް ކޯލިޝަނެއް ހައްދަވާފާނޭ ފަދަ މޭރުމަކުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ޓްވީޓްކުރައްވައިފިއެވެ.

ގާސިމް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަންކަމަށާއި މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދަނީ ގާސިމް އިބްރާހިމް، ކުރީގެ ރައީސް ޔާމީންއާއި އެކު ކޯލިޝަން ހައްދަވަނީތޯ ސުވާލު އުފައްދަވަމުންނެވެ.

ގާސިމްގެ ޓްވީޓްގެ ސަބަބުން ކޯލިޝަންގެ އެހެނިހެން ޕާޓީތައްކަމުގައިވާ އަދާލަތު ޕާޓީ އަދި އެމްއާރްއެމްއާއި ޖޭޕީ ގުޅިގެން ވަކިން މަޖިލީހަށް ވާދަކުރަނީތޯވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިރޭ އެމަނިކުފާނު އިތުރަށް ކުރެއްވި ޓުވީޓެއްގައިވަނީ ޖޭޕީޖީ އެމްޑީޕީ އިން ރޫޅާލަފާނެކަމަށް ބުނީމަ ހައިރާން ނުވާކަމަށާއި ސުވާލަކީ މިހާރު އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ.

Advertisement

ކޮމެންޓް

Advertisement