ޗައިނާގެ ރައީސް ތަގުރީރު ކުރައްވަނީ/ ފޮޓޯ: ޓީއާރުޓީ ވޯލްޑް
ދުނިޔެ
11 Dec 2022 | 12:36
ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްތީނު މިނިވަންކުރުމަށް ޗައިނާއިން ތާއީދުކުރަން: ޝީ ޖިންޕިންގް

ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވާ ޔަހޫދީންގެ އަޅުވެތިކަމުން ފަަސްތީނު މިނިވަން ކުރުމަށް ޗައިނާއިން ތާއީދު ކުރައްވާކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންގްޕިން ވިދާޅުވެއްޖެއެވެ. 

ޗައިނާއިގެ ރައީސް ޝީ ޖިންގްޕިން މިފަދައިން ވިދާޅުވެފައިވަނީ ގަލްފްގެ ޤައުމުތަކާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރުމަށް ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ބައިނަލްއަގުވާމީ މައިދާނުގެ ފުރިހަމަ ތާއީދު ލިބެން ޖެހޭކަމަށެވެ.

އަދި އެތަނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވާ އެ ގައުމަށް ތަރައްގިއާއިފާގަތިކަން ލިބޭނެ ހުރިހާ މަގުތަކެއް ހޯދުމަށް ބައިނަލް އަގުވާމީ މަޝްރަހުގެ ތާއީދު ފުރިހަމަޔަށް ދޭން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. 

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ބައިނަލް އަގުވާމީ މަޝްރަހުން ގެންގުޅޭ ވިސްނުން ބަދަލުކޮށްގެން ނުވާނެކަމަށާއި، އެ މަގަށް އެ މައްސަލަ ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"އަޅުވެތިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭތާ އެތަކެއް އަހަރެއް ވެއްޖެ. މިއީ އިންސާފެއް ނޫން. އަދި މިގޮތުގައި ކުރިއަކަށް ދެވާކަށް ނެތް"

ޗައިނާގެ ރައީސް ޝީ ޖިންގްޕިން 

އޭގެ އިތުރަށް ޝީ ވަނީ ފަލަސްޠީނަށް އ.ދ.ގެ މެންބަރުކަން ދީ، 1967ވަނަ އަހަރުގެ އެއްބަސްވުމާ ގޮތަށް، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކޮށްދިނުމަށް ގޮވާލައްވާފައެވެ. 

ޔަހޫދީންގެ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައެވެ. މި ހަނގުރާމައިގައި ޔަހޫދީންގެ ދަޢުލަތުން ވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ އިތުރުން ޣައްޒާއަށް އަތްގަދަކޮށްފައެވެ.

ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާޢީލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބިންތަކުގައި މިހާރު ވެސް 500,000އަށްވުރެ ގިނަ ޔަހޫދީން ދަނީ ދިއިރުޅެމުންނެވެ.

އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ 3 މިލިޔަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީ ސިފައިންގެ އަޅުވެތިކަމުގެ ދަށުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.