އެންވަޔރަމަންޓް މިނިސްޓްރީއާއި އެޗްޑީސީއާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެންވަޔަރަމެންޓް މިނިސްޓްރީ
ހަބަރު
13 Dec 2022 | 10:36
ރާއްޖޭގެ ވައި ސާފު މިންވަރު ދެނެގަތުމަށް ހުޅުމާލޭގައި ސްޓޭޝަނެއް ޤާއިމްކުރަނީ

ރާއްޖޭގެ ވައި ސާފު މިންވަރު ބެލުމަށް ޤާއިމުކުރާ، ސްޓޭޝަންތަކުގެ ތެރެއިން ސްޓޭޝަނެއް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ. 

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި މި އަހަރު ޤާއިމުކުރަން ފަށާފައިވާ ވައިގެ ސާފު މިންވަރު ބެލުމުގެ ނިޒާމް ނުވަތަ އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކް އިތުރަށް ފުޅާކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް 2 އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގް ސްޓޭޝަން ހަދިޔާކޮށްފައިވާ ކަމަށެވެ. 

އަދި ސްޓޭޝަން މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް ކަމަށްވާ  So2, No2, Co2, CO,  O3, NH3, H2S، PM1, PM2.5, PM10 މޮނިޓަރކުރެވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހަދިޔާކޮށްފައިވާ މި 2 ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދެ ވަނީ ފަހުމުނާމާގައި ސޮއި ކޮށްފައެވެ.

މި ސްޓޭޝަން ޤާއިމުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ. މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑާޓާ ބޭނުންކޮށްގެން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޑާޓާ ޢާންމުންނަށް ފެންނާނެހެން ޝާޢިއުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، 2 އެއަރ ކޮލިޓީ މޮނިޓަރ ހަވާލުކުރުމުގެ ގޮތުން އެ މިނިސްޓްރީއާއި އެޗްޑީސީ އާއި އެކު ވަނީ އިތުރު ފަހުމާނެއްގައި ސޮއިކޮށްފައެވެ.

މި މޮނިޓަރތަކުގެ ޒަރިއްޔާއިން ޕަރޓިކިއުލޭޓް މެޓަރ – PM1, PM2.5, PM10 އަދި ކާބަންޑައިއޮކްސައިޑް ގޭސް ވައިގަ ހުރި މިންވަރު މޮނިޓަރކުރެވިގެންދާނެއެވެ. މި މޮނިޓަރތައް ހަރުކުރަން ރާވާފައިވަނީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވަހީގައެވެ.

ވައި ތަޣައްޔަރު ވެފައިވާ މިންވަރު އަންގައިދޭ މިންގަނޑު ކަމަށްވާ "އެއަރ ކޮލިޓީ އިންޑެކްސް" ނުވަތަ އޭ.ކިއު.އައިވެސް މި މޮނިޓަރތަކުގެ ޑާޓާއިން އެނގިގެންދާނެއެވެ. އެއަރ ކޮލިޓީ އިންޑެކްސް ނުވަތަ އޭ.ކިއު.އައި އަކީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. މި އިންޑެކްސް ވައިގެ ސާފު މިންވަރު އަންގައިދޭ ކެޓަގަރީތަކަކަށް ބަހާލެވިގެންވެއެވެ. ޖުމުލަ 6 ކެޓަގަރީއަކަށް ބަހާލެވިފައިވާއިރު ކޮންމެ ކެޓަގަރީއަކަށް ކުލައެއްވަނީ ދެވިފައެވެ. ސިއްޙތަށް ނޭދެވޭ އަސަރު ކުރުވާ މިންވަރު ފަސޭހަކަމާއެކު ދެނެގަތުމަށް ކޮންމެ ކެޓަގަރީއަކަށްވެސް ވަނީ ތަފާތު ކުލައެއް ދީފައެވެ.

އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މިހާތަނަށް މި މޮނިޓަރ ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ. މާލޭގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލޭގައިވެސް އަވަސް މުސްތަޤުބަލެއްގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.