މާމެންދޫގެ ކައުންސިލުން އެ ރަށު ގިރާ ސަރަހއްދުގައި ބޭއްވި ބައްދަލުވުން --- ފޮޓޯ/ މާމެންދޫ ކައުންސިލް
ހަބަރު
13 Dec 2022 | 15:17
މާމެންދޫ ކައުންސިލް ބައްދަލުވުން ރަށް ގިރާ ސަރަހައްދުގައި!

ގއ. މާމެންދޫގެ އުތުރު ފަރާތުގެ ރަށް ގިރުމުގެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަން ގެނައުމަށް އެ ރަށު ކައުންސިލްގެ މި ދައުރުގެ 78 ވަނަ ޖަލްސާ ރަށް ގިރާ ސަރަހައްދުގައި ބާއްވައިފިއެވެ.

މާމެންދޫ ކައުންސިލްގެ އެ ޖަލްސާ ކައުންސިލްގެ ޕޭޖުން ވަނީ ލައިވްވެސް ކޮށްފައެވެ. 

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒް ވިދާޅުވީ، ޖަލްސާ އެ ސަރަހައްދުގައި ބާއްވާފައިވަނީ އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ރައީސުލްޖުމުހުރިއްޔާގެ ސަމާލުކަމަށް ގެނައުމަށެވެ. އެގޮތުން އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތެއް ކައުންސިލުން ކުރާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ސަރުކާރަށް އެތައްފަހަރެއްގެ މަތތިންހުށަހެޅިފަިއވާކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.

މިއާއެކު އޭނާ ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޭރުގެ އެންވަރަމެންޓް މިނިސްޓަރު އަދި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މާމެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދު ބައްލަވާލައްވާފައިވާކަމަށާ އެ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން އުންމީދީ މަސައްކަތްތަކެއް ކުރައްވާ ކަމަށް އެ ދުވަހު ވިދާޅުވިކަން ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް އޭގެ ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، މިހާތަނަށް އަމަލީ ސިފައެއްގައި އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ޖަލްސާ އަކީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޭއްވުނު ޖަލްސާއެއް ކަމަށާ، ކުރިއަށް އޮތް ތަނުގައި އެފަދަ މުހިއްމު ކަންކަމާއި ގުޅިގެން ކަމާބެހޭ ސަރަހައްދުތަކެއްގައި ޖަލްސާތައް ބާއްވަމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.