ކުޑަގިރި: ފޮޓޯ/އެޗްޑީސީ
ވިޔަފާރި
15 Dec 2022 | 10:37
ކުޑަގިރިއަށް މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ.ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މުވައްޒަފުން ހޯދަން އިޢުލާނުކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނީ  ކުޑަ ގިރި އައިލެންޑްގައި ހުރި ވަޒީފާތައް އިއުލާނުކޮށް އެ ކޯޕަރޭޝަނުން އޯޕަން ޑޭއެއް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

މި އޯޕަން ޑޭ އަންނާނީ ހޮނިހިރު ދުވަހު، ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އެޗްޑީސީ ގެ ހެޑް އޮފީހުގައި ކަމަށް އެޗްްޑީސީން ބުނެފައިވެއެވެ.

ކުޑަގިރި އަށް 17 ދާއިރާއަކުން މުވައްޒަފުން ނަގަން ހަމަޖެހިފައިވެއެވެ. އަދި މަގާމުތަކުގެ މުސާރަތައް އުޅެނީ 8،500-23،500 ރުފިޔާ އާ ދެމެދުގައެވެ.


މިގޮތުން ކުޑަގިރި އައިލެންޑަށް ސެކިއުރިޓީ އެސިސްޓެންޓަކާއި ކްލީނަރެއްގެ މަގާމަށް އިއުލާނުކޮށްފައި ވާއިރު މުސާރަކަމުގައި ބުނެފައި ވަނީ 8،500 ރުފިޔާއެވެ.
ރޫމް އެޓެންޑެންޓަކާއި ރެކްރިއޭޝަން އެޓެންޑެއްގެ މުސާރަ ކަމުގައި ބުނެފައި ވަނީ 10،500 ރުފިޔާއެވެ.


ކުޑަގިރީގައި ތަރައްޤީކޮށްފައިވާ މިސްކިތަށް އިމާމެއް ހޯދަން އިއުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 12،500 ރުފިޔާއެވެ.

ރިސެޕްޝަނިސްޓަކާއި އެސިސްޓެންޓް އެކައުންޓް އޮފިސަރ އެއް ހޯދުމަށް އިޢުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 13،000 ރުފިޔާއެވެ.


އަދި އެގްޒެކިއުޓިވް ސެކެރަޓަރީއަކާއި، ސޭލްސް ރިޒަވޭޝަން ކޯޑިނޭޓަރަކާއި، ޓެނާންޓް މެނޭޖްމަންޓް ކޯޑިނޭޓަރަކާއި، މާކެޓިންގ އެންޑް ޕީއާރް ކޯޑިނޭޓަރަކާއި، ޕަރްޗޭސިންގ އެންޑް ސްޓޯރ ކޯޑިނޭޓަރަކާއި އެޗްއާރް އެންޑް ޓްރެއިނިންގް ކޯޑިނޭޓަރެއް ހިމެނޭހެން ލޭންޑް ސްކޭޕިން ކޯޑިނޭޓަރަކަށް އިޢުލާނުކޮށްފައިވާއިރު މުސާރަ ކަމުގައި ބުނެފައި ވަނީ 14،500 ރުފިޔާއެވެ.


މީގެ އިތުރުން މޮނިޓަރިންގް އެންޑް ސެކިއުރިޓީ ސުޕަވައިޒަރަކަށާއި، ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒަރަކަށް އިޢުލާނުކޮށްފައި ވާއިރު މުސާރައަކީ 17،000 ރުފިޔާ ކަމުގައި ބުނެފައި ވެއެވެ. އަދި އެކައުންޓެންޓެއް ހޯދަން އިޢުލާނުކޮށްފައިވާއިރު މުސާރަކަމުގައި ބުނެފައި ވަނި 23،500 ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.