ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު
16 Dec 2022 | 16:58
2018ގެ އިންތިޚާބުގައި ކުޅުނު 'މަރު' ކާޑު އެހެން ލެވެލްއެއްގައި ކުޅެން ފަށައިފި: ޝިޔާމް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޅުނު 'މަރު' ކާޑު އެހެން ލެވެލްއެއްގައި ކުޅެން ފަށައިފި ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ، ރިޟްވާން ރަހީނުކޮށް މަރައިލި މައްސަލައިގައި މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޟްވާނު މަރައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ރައީސް ޔާމީންގެ ސަރުކާރުގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮންނަކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް ބުނުމާއި ގުޅިގެންނެވެ.

އެގޮތުން، އެ ބައްދަލުވުމުގައި މަރުކޮމިޝަނުގެ މެންބަރު މިސްބާޙު ވަނީ، ރިޟްވާން މަރާލި މައްސަލައިގައި ތުުހުމަތުކުރެވޭ ތ.އޮމަދޫ ނަރުގިސްވިލާ މުޙައްމަދު މުނާޒް ސީރިއާއަށް ފުރުވާލުމުގައި ރައީސް ޔާމީންގެ އަތެއް ވާކަމަށް ވިދާޅުވެފައެވެ. 

މި ވާހަކަތަކާއި ގުޅިގެން ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވި، 2018 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙު ކުޅުއްވި "މަރު" ކާޑު އެހެން ލެވެލެއްގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުތަކުން އަމިއްލައަށް ވުޖޫދުކުރެއްވި މަރު ކޮމިޝަން ބޭނުންކޮށްގެން 2023 ވަނަ އަހަރުގައި ކުޅުއްވުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފެއްޓެވީ ކަމަށެވެ.

އެއާއެކު ޝިޔާމް ވިދާޅުވީ މިފަދައިން ރައްޔިތުންނަށް އޮޅުވައިލެވޭނީ ވަކި މިންވަރަކަށް ކަމަށާ އަދި މިހާރު ރައްޔިތުން ތިބީ ހޭލާކަމަށެވެ. 

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ރައީސް ޞާލިޙު ދެއްކެވި ވާހަކަފުޅަކީ މަރުތަކުގެ ވާހަކައެވެ. އެގޮތުން ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ރިޟްވާނުގެ މަރާއި ޑރ.އަފްރާޝީމް ޢަލީ ޝަހީދުކޮށްލުން އަޅުވައިގެން އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ފެތުރިއެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ ކުރީ ކޮޅުގައި ރިޟްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އެމަނުކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އެހެންނަމަވެސް، އެކަމަށް މަރުކޮމިޝަނުން އުފެއްދި ފުރަތަަމަ ރިޕޯޓްވެސް ހުށަހެޅުނީ އޭގެ އަހަރަކަށްވުރެ ފަހުންނެވެ. އެއަށްފަހު، ދައުރު ހަމަވާން ކައިވެފައިވަނިކޮށް އަލުން އެފަދަ ރިޕޯޓެއް އެކުލަވާލައްވައި، މަރުތަކާއި ރައީސް ޔާމީނާއި ގުޅުވީ ސިޔާސީ ބޭނުމަށް ކަމަށް އިދިކޮޅުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.