ވިޔަފާރި
16 Dec 2022 | 14:43
ސްކޭމްތައް ހުއްޓުވުމަށް ބީއެމްއެލް އިން ހަރުކަށި ފިޔަވަޅެއް

ސްކޭމްތައް މެދުވެރިކޮށް ފައިސާ ހޯދާ މައްސަލަތައް ހައްލު ކުރުމަށް މޯބައިލް ބޭންކިން ނުވަތަ އިންޓަނެޓު ބޭންކިން އިން ކުރާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ، އޮތެންޓިކޭޓާ އެޕްލިކޭޝަންސްތައް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭ ގޮތް ހަދައި، ފައިސާގެ ޑިޖިޓަލް ޓްރާންސެކްޝަންތަކަށް ސަލާމަތީ އިތުރު ފިޔަވަޅެއް ބޭންކް އޮފް މޯލްޑިވްސް އިން އަޅައިފި އެވެ.

އެ ބަދަލާއެކު، ޑިސެމްބަރު 20، އިން ފެށިގެން އީމެއިލަށް އޯޓީޕީ ލިބޭ ގޮތް ހެދޭނީ ބޭންކުން އެމީހެއްގެ މައުލޫމާތު އިތުރަށް ޔަގީން ކުރުމަށްފަހެވެ. އެހެންކަމުން، ދެން އާންމު އުސޫލެއްގެ ގޮތުން އޯޓީޕީ ޖެނެރޭޓް ކުރެވޭނީ އެސްއެމްއެސް އަދި އޮތެންޓިކޭޓާސްގެ އެޕްލިކޭޝަންތަކުންނެވެ.

މި އޮތެންޓިކޭޓާ އެޕަކީ ވަކި ވަގުތެއްގެ ތެރޭގައި، ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް މިހާރު އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

ގޫގަލް އަދި މައިކްރޯސޮފްޓުން ވެސް އޮތެންޓިކޭޓާސް އެޕް ލިބޭނެ އެވެ. މޯބައިލް ބޭންކިންގެ ސެޓިންގްސްއަށް ގޮސް މިހާރު އޯތެންޓިކޭޓާސް އެޕްލިކޭޝަންސް އެނޭބަލްކޮށް އެއިން އޯޓީޕީ ޖެނެރޭޓް ކުރެވޭ ގޮތަށް ހެދޭނެ އެވެ. އެއިރުން އެފަދަ އެޕެއް ޑައުންލޯޑް ކުރަންޖެހޭނެ އެވެ.

"ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައި ވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ،" ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކާ ވިދާޅުވި އެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި ބޭންކުން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރުން ކަމަށްވެސް ބުނެފައިވެއެވެ. 

އޮތެންޓިކޭޓަރ އެޕް އެކްޓިވޭޓް ކުރާނެ ގޮތް:

• އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕަށް ލޮގިންވުން

• މޮބައިލް އެޕް މެދުވެރިކޮށް އޮތެންޓިކޭޓާ އެކްޓިވޭޓް ކުރުމަށް 'މޯ"އަށް ފިތާލާ• "އެޕްލިކޭޝަންސް" އަށް ފިތާލުމަށްފަހު އެކްޓިވޭޓްކުރޭ 

• އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކްޓިވޭޓްކުރާނަމަ "ސެޓިންގްސް" އަށް ފިތާލާ

• އެއަށްފަހު އެކްޓިވޭޓްކުރޭ 

• ބޭނުންވާ އޮތެންޓިކޭޓަރ އެޕް ޑައުންލޯޑް ކުރުމަށްފަހު ޔުނީކް ކިއުއާރު ކޯޑް ސްކޭންކޮށްލާ

• ވެރިފިކޭޝަންއަށާއި އެކްޓިވޭޓް ކުރުމަށް އޮތެންޓިކޭޓާ ކޯޑު ޖަހާ

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.