އެފްކޯންސްގެ މުވައްޒަފުން ގުޅިފަޅުގައި މުޒާހަރާ ކުރަނީ
ހަބަރު
17 Dec 2022 | 11:48
އަލިފާނުގެ ހާދިސާގައި މީހަކު ގެއްލުނު މައްސަލައިގައި އެފްކޯން ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަނީ

ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މުވައްޒަފަކު ގެއްލިފައިވާކަމަށް ބުނެ، އެމީހާ ހޯދާދިނުމަށް ގޮވާލާ ތިލަމާލެ ބްރިޖް މަސައްކަތް ކުރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފުން ގުޅީފަޅުގައި އިހްތިޖާޖް ކުރަންފަށައިފިއެވެ.

އެފްކޯންސް ކުންފުނީގެ މުވައްޒަފުން އިހްތިޖާޖް ކުރަން ފެށީ ބުރާސްފަތި ދުވަހުގެ މެންދަމު 12:30 ހާއިރު އެފްކޮންސް ކުންފުނީގެ މުވައްޒަފުންގެ އެކޮމަޑޭޝަންގައި ރޯވި އަލިފާނުގެ ހާދިސާގައި އެއް މުވައްޒަފަކު ގެއްލުނު މައްސަލައިގައިކަމަށް މައުލޫމާތު ލިބޭ.

ގުޅިފަޅުގައި މުޒާހަރާ ފެށުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެއްލުނު މީހާ ހޯދާދިނުމަށް ގޮވާލާ ހުޅުމާލޭގައި ދިރިއުޅޭ އެފްކޯންސް ކުންފުނީގެ މުވައްޒަފުންވެސް ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ.

އެގޮތުން އެ މުވައްޒަފު ހޯދާ ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް އިހްތިޖާޖްގެ ބައިވެރިންވަނީ ގޮވާލާއިފައި.

އެފްކޯންސް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށާފައިވަނީ އަލިފާނުގެ ހާދިސާގައި މީހަކު ގެއްލިފައިވާކަން އެފްކޯންސްގެ މެނޭޖުމަންޓުގެ ސަމާލުކަމަށް ގެނައުމަށްފަހުވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީކަމަށް މައުލޫމާތު ލިބެއެވެ.

އަދި އެފްކޯންސްގެ މުވައްޒަފުން ތިބުމަށް ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅެނީ ކިތައް މުވައްޒަފުންކަން އެފްކޯންސްގެ މެނޭޖުމަންޓަށް ނޭގޭކަމަށްވެސް އިހުތިޖާޖގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މި މައްސަލައާއި ގުޅޭގޮތުން އެފްކޯންސްގެ މެނޭޖުމަންޓުންވެސް އަދި ޕްލޭނިން މިނިސްޓްރީއިން ވެސް ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް އެފްކޯންސްގެ މުވައްޒަފުން ގުޅިފަޅުގައި އިހުތިޖާޖު ކުރަން ފެށުމާއެކު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.