ފިރުޝާން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Dec 2022 | 12:00
ބިރެއް ނުދެއްކޭނެ، ނަޝީދަށް ޕްރައިމަރީ ކާމިޔާބުކޮށްދޭން މިތިބީ ސާބިތުކަމާއެކު: ފިރުޝާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކޮށްދިނުމަށް ސާބިތުކަމާއެކު ނަޝީދުގެ ޓީމު އޮތް ކަމަށާއި، އެ ޓީމަށް ބިރުދައްކަން ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ މަދަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. 

އެއާއެކު އެމްޑީޕީގެ ދެ ރައީސުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކުރެވެން ފަށައިފައެވެ. 

މި ދަނޑިވަޅުގައި، ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ބިރުދައްކާ މަޖުބޫރުކުރަން ނޫޅުއްވުން ބުއްދިވެރިވާނެކަމަށެވެ.

އެފަދަ ކަންކަން ކުރި ނަމަވެސް ނަޝީދުގެ ޓީމު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށާއި، ތިއްބެވީ ސާބިތުކަމާއި އެކުގައި ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެބޭފުޅުން އެ ސާބިތުކަން ހޯއްދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ކިބައިން ހިތްވަރު ހޯދައިގެން ކަމަށެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ދެ ރައީސުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި ވާއިރު، ދެ ރައީސުންގެ ވާދަވެރިކަންވެސް މި ވަނީ ވަރަށް ބޮޑުވެފައެވެ. 

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ދަނީ ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ދަނީ އެމްޑީޕީގެ އަސާސްތަކާއި އެއްގޮތަށް ނޫން ކަމަށާއި، ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.