ގުލާބް ޖާމުން-- ފޮޓޯ/ގޫގުލް
ލައިފްސްޓައިލް
22 Dec 2022 | 08:06
މިއޮތީ ގުލާބު ޖާމުން ވަރަށް މީރުކޮށް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ

އިންޑިއަން ޑިޝް ތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކެއުންތަކެކެވެ. ޚާއްސަކޮށް އިންޑިއާ މީހުން ތައްޔާރުކޮށް އުޅޭ ފޮނި ބާވަތްތަކަށް ލޯބިކުރާ ވަރަށް ގިނަ ދިވެހިން އުޅެއެވެ. އެހެންކަމުން، 'ވޮއިސް' ގެ ބަދިގެއިން މިއަދު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފޮނިބާވަތެއް ކަމަށްވާ ގުލާބް ޖާމުން ތައްޔާރުކުރާނެ ގޮތެވެ. 

ފުށްގަނޑު ތައްޔާރު ކުރަން ބޭނުންވާތަކެތި:

1 ޖޯޑު ހިކިކިރު (ނީޑޯ / ނުވަތަ ބޭނުން ވައްތަރެއް)

1/2 ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ޖޯޑު ފުށް

½ ސައިސަމުސާ މުގުރި ކާފޫރުތޮޅި

½ ޖޯޑު ދިޔާކިރު

70ގ ބަޓަރ (ދިޔާ ކޮށްފައި) 

ތެޔޮ

ހަކުރު ފަނިގަނޑު ހަދަން ބޭނުންވާ ތަކެތި:

1 ޖޯޑު ހަކުރު

2 ޖޯޑު ފެން

5 ކާފޫރުތޮޅި

1 ސައިސަމުސާ ވެނީލާ އެސެންސް 

ހަދާނެގޮތް:

1. ފަނި ކައްކަން ބޭނުންވާ ތަކެތީގެ ތެރެއިން ވެނީލާ އެސެންސް ނޫން އެހެން ހުރިހާ އެއްޗެއް ތެއްޔަކަށް އަޅައި 15-20 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާށެވެ. ފެން އެއަށްފަހު ވެނީލާ އެސެންސް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލި އުނދުން މަތިން ބާލާށެވެ.

2. ދެން ހިކިކިރާއި، ބޭކިންގް ޕައުޑަރއާއި, ފުށްކޮޅާއ، ބަޓަރ އާއި މުގުރި ކާފޫރުތޮޅިކޮޅު ބޯތަށްޓަކަށް އަޅާ އެއްކޮށްލާށެވެ.

3. އެއަށްފަހު ފުށްގަނޑު މޮޑެމުން މަޑުމަޑުން ދިޔާކިރުކޮޅު އަޅާނީއެވެ. ދިޔާކިރު އަޅާއިރު އެއްފަހަރާ އެ އޮއްސާލުމުގެ ބަދަލުގައި އެތިކޮޅަކުން އެތިކޮޅަކުން އަޅާށެވެ. 

4. ދެން އަތުގައި ކުޑަ ތެޔޮ ފޮދެއް އުނގުޅާ ލުމަށްފަހު، މޮޑުނު ފުށްގަނޑުން ގުޅަ ވަށާނީއެވެ. ވަށާނީ އާދައިގެ ފަސްއޮށެއްގެ ސައިޒަށެވެ. ގުޅަވަށާއިރު ވީހާވެސް ބާރުނުލައި ލުއިކޮށް މަޑުމަޑުން އެކަން ކުރެވޭތޯ ބަލަންވާނެއެވެ. 

5. އެއަށްފަހު ތެޔޮ ތާސް އުނދުން މައްޗަށް އުދުމަށްފަހު ހޫނު ވުމުން، ގުލާބް ޖާމުން ގުޅަ ތެލުލާލާނީއެވެ. ތެލުލާނީ ރަން މުށިކުލަ އަރާ ވަރަށެވެ. 

6. ގުޅަ ކޮޅު ތެލުލެވުމުން ތެޔޮގަނޑުގެ ތެރެއިން ގުޅަތައް ނަގައި ފަނިގަނޑުގެ ތެރެއަށް ލާފައި ފޯކުރަން ބަހައްޓާށެވެ. ގާތްގަނޑަކަށް 5-6 ގަޑިއިރުގެ ތެރޭގައި ހުންނާނީ ރަނގަޅަށް ފޯވެފައެވެ. އެއްވެސް ކަމެއް ވެގެން ގުލާބް ޖާމުންތައް ފޯނުވާނަމަ ނޫނީ ހަރުކޮށް ހުރިނަމަ، ފަނިގަނޑުގެ ތެރޭގައި ބަހައްޓައިގެން ކުޑަކޮށް ހޫނުކޮށްލުމުން އެކަން ހައްލު ވާނެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް