ކޮޕީއަކަށް ވުމުން މަ ހޭނެތިއްޖެ!

23 Jan 2019 | 14:46

1990ގެ އަހަރުތަކުގެ ތެރޭގައި ދިވެހި މިއުޒިކީ ދާއިރާއަށް ބޮޑު އިންގިލާބެއް އައިކަމީ އެއްވެސް ފަރާތަކަށް ދެބަސްވެވެން ނެތް ހަގީގަތެކެވެ. ލަވަ ކިޔުންތެރިން މޮޅު ރާގުތަކަށް ޖާޒުބީ ޅެންތަކުގެ ލަވަތައް ކިޔަމުންދިޔަ އިރު، ހުނަރުވެރި އެކްޓަރުން ދިޔައީ އެއާއި އެއްވަރަށް ނެށުމުގެ ބަނޑިތައް ލައްވައި ފައިހަމަކުރަމުންނެވެ.

މިގޮތުން އެ ދުވަސްވަރު އެންމެ މަގުބޫލުވި އެއް ޖޯޑަކަށްވާނީ ޝިރާނީއާއި ގިޔާސްގެ ޖޯޑެވެ. މި ދެ އެކްޓަރުން މޮޅަށް ފައިހަމަކޮށް ނަށާލި ކޮންމެ ލަވައަކީ ދިވެހިންގެ މެދުގައި އަދިވެސް މަގުބޫލު ލަވަތަކެވެ. އެގޮތުން މަޝްހޫރު ލަވަަކަމުގައިވާ މަހޭ ނެތިދާނޭ އަކީ ޚާއްސަ ލަވައެކެވެ.

ސޮފާ ތައުފީގާއި ނިޒާމް ކިޔާފައިވާ މި ލަވައިގެ ވީިޑިޔޯގައި ސަލްޓަންޕާކްގެ ތެރޭގައި ގިޔާސްއާއި ޝިރާނީގެ ހަށިގަނޑުން ހޭނެތޭ ވަރަށް ޖައްސާލި ސްޓެޕްތަކަކީ މިއަދާއި ހަމައަށްވެސް އެންމެން ދަންނަ، މަގުބޫލު ސްޓެޕްތަކެވެ. ނަމަވެސް ސޯޝަލް މީިޑިޔާގައި އިއްޔެ އާންމު ވެގެންދިޔަ ވީޑިޔޯ ކްލިޕަކުން ދިވެހިންގެ އަނގަތައް ބޭއިހްތިޔާރުގައި ހުުޅުވި، މޫނުމަތީގައި ހިތާމައިން އަތްއެޅުނު ކަހަލައެވެ.

ފޭސްބުކްގައި މި ވީޑިޔޯއެއް މާބޮޑަށް ދައުރުވާތީ އަޅުގަނޑުވެސް މި ވީޑިޔޯ ހުޅުވާލީމެވެ. ކަމަކު ދާކަށްނެތެވެ. ލިބުނު ސިހުމަކުން ހުރެވުނު ތަނެއްވެސް ނޭނގުނެވެ. މަހޭ ނެތިދާނޭ ލަވައިގެ މައިގަނޑު ސްޓެޕްތަކަކީ ހިންދީ ލަވައެއްގެ ކޮޕީއެކެވެ. ދިވެހިންނަށް އަމިއްލަވަންތަވީ ގިޔާސްގެ ސްޓެޕްތަކަކީ ހިންދީ ލަވައެއްގައި އެޒަމާނުގައި ކުޅެފައިވާ ސްޓެޕްތަކެކެވެ.

އާދެ، މަހޭ ނެތިދާނޭގެ ސްޓެޕްތަކަކީ ސުބާ ހުއީ ޝާމް ހުއީ ކިޔާ ލަވައެއްގައި އަކްޝޭ ކުމާރާއި އެހެން ބަތަލާއެއް ކުޅެފައިވާ ސްޓެޕްތަކެކެވެ. ސަހަރޯއެވެ. ދިވެހިންނަށް މިލިބުނު ކަލްޗަރަލް ޝޮކްއެެއް ދޯއެވެ!

Advertisement

ކޮމެންޓް