މިނިސްޓަރ އިމްރާން އާއި އަނބިކަނބަލުން ޔުމްނާ -- ފޮޓޯ/ ވަގުތު
ހަބަރު
22 Dec 2022 | 21:18
އިސްތިއުފާއަށް ފަހު ސަރުކާރުން މުސާރައާއި އެލަވަންސެއްވެސް ޔުމްނާއަކަށް ނުދޭ: އިމްރާން

ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމުން ފާތިމަތު ޔުމްނާ އިސްތިއުފާ ދިން ފަހުން، ސަރުކާރުން މުސާރަ އަދި އެލަވަންސެއްވެސް ނުދޭކަމަށް ފިރިކަލުން، ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ޔުމްނާއަށް ޖެންޑާ މިނިސްޓްރީގެ ކޮންސަލްޓެންޓްުގެ މަގާމު ދެއްވާފައިވާކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ތައިލޭންޑުން ޕީއެޗްޑީ ހާސިލު ކުރުމަށް ވަޑައިގަތުމުން ޖެންޑާރ މިނިސްޓްރީގެ ތެރެއިން އެހެން މަގާމެއް އުފައްދައި ކޮންސަލްޓަންޓުކަން ދީ އެ ގައުމުގައި ހުރެ ހުރިހާ ހަރަދުތައް ހަމަޖެއްސޭ ވަރުގެ މުސާރައެއް ދެމުން ގެންދާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު، ޔުމްނާ އަދާކުރެއްވި މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އޭގެ ފަހުން ސަރުކާރުން އެއްވެސް މުސާރައެއް އަދި އެލަވަންސެއް ދެއްވާފައި ނުވާ ކަމަށެވެ.

ޖެންޑާ  މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ މަޤާމަށް ޔުމްނާ ހަމަޖައްސައި ތައިލޭންޑްގައި ދިރިއުޅުއްވޭވަރުގެ އާމްދަނީއެއް ދައުލަތުގެ ފައިސާއިން ޔުމްނާއަށް ދެމުން އަންނަ ކަމަށް އޮންލައިން ނޫހަކުން އިއްޔެ ލިޔެ އާންމުކޮށްފައިވާ ޚަބަރާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ވަޒީފާގައި ކުރިން ހުންނެވި ޔުމްނާ މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާތީވެ، އެ މަޤާމުން އިސްތިއުފާ ދެއްވީ 30 ނޮވެންބަރު 2021 ގައި ކަމަށެވެ.

އަދި އެތާރީހުން ފެށިގެން އެ މިނިސްޓްރީން ޔުމްނާއަށް މުސާރައެއް ވެސް އަދި އެލަވަންސްއެއް ވެސް ދީފާ ނުވާނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ