ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ދެން
ހަބަރު
23 Dec 2022 | 21:20
ދިވެހި ރައްޔިތުން ލޫޓުވާ ފެލާލައިގެން ބްރިޖެއްގެ ނަމުގަ ހިންގަނީ ބޮޑުސިންގާހާ މާ ވައްކަމެއް: ޝުޖާއު

ދިވެހި ރައްޔިތުން ލޫޓުވާ ފެލާލައިގެން ބްރިޖެއްގެ ނަމުގާ ހިންގަނީ ބޮޑުސިންގާހާ މާ ވައްކަމެއް ކަމަށް  ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ “ފެލާލައިފި” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ތިން ބްރިޖު އެޅޭހާ ފައިސާއިން އެއޮއްގެން އަޅަމުންދަނީ ބްރިޖެއް، އެ އަޅަން ގެނައި ޕްލެންފޯމު ހައެއްކަ ފަހަރު މިހާރު ކަނޑަށް ވެއްޓިއްޖެ،" 

ޝުޖާއު ވިދާޅުވިއެވެ.

ބްރިޖްގެ ޕްލެޓްފޯމަށް ފައިސާ ނުދައްކާ ކަމަށާއި ރައީސް ޞާލިޙުގެ ވައުދުތައް ނުފުއްދަވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސްކަނޑު ވަގަށް ވިއްކާލައިފި. ފޯޅަވަހި ވަގަށް ވިއްކާ، ހުރިހާ ވަގުން ބައި އަޅައިގެން މިތިބީ" 

ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން، ފަނޑިޔާރުންނަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭ ބައެއްކަން ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ، ފަނޑިޔާރުންގެ ތެރެއިން ފެނިގެންދާ ނޭދެވޭ ކަންކަމުގެ ވާހަކަތައް ދެކެވެންޖެހޭކަމަށާއި، ފަނޑިޔާރުން އިންޑިއާ އެމްބެސަޑަރާއި ބައްދަލު ކުރުމަކީ ކޮށްގެން  ވާނެ ކަމެއް ނޫން ކަމަށެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.