ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
24 Dec 2022 | 11:16
"މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއް ދުވަހުވެސް ޖަލަށް ދާނަން. އެކަމަކު ޔާމީނުގެ އަޑެއް ކަނޑުވައެއް ނުލެވޭނެ"

ޖަލަށް ދާން ޖެހުނަސް އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ޖަލަށް ލިޔަސް އެމަނިކުފާނުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށާއި އެމަނިކުފާނުގެ ވިސްނުމެއްވެސް ބަދަލެއް ނުވާނެ ކަމަށެވެ.

"މިވަގުތު ދުނިޔޭގައި ތިބި އިސްލާމުންނާ އެންމެ އަދާވާތްތެރި، އެންމެ ހަތުރުވެރި، އެންމެ ނަފުރަތު، އެންމެ އަނިޔާ ކުރާ ބަޔަކީވެސް ހިންދޫ، މިހާރު މިތިބަ އާރުއެސްއެސްއާ ބީޖޭޕީ. އެހެންމަ އަޅުގަނޑު މި ވާހަކަ ދައްކާތީތޯ މޯދީ އަށް ކަމު ނުދަނީ. މޯދީއަށް ކަމު ނުދިޔަސް އަޅުގަނޑު ބުނާނީ ހަމަ އިންޑިޔާ ޖެހޭނީ ފައިބާށޭ،" ޔާމީން ވިދާޅުވިއެވެ.

ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމާ، ހިޔާލު ފާޅުކުރުން ލިބިދޭ ކަމަށާއި އެމަނިކުފާނުގެ ހިޔާލުތަކާއި ޝުއޫރުތައް ހިފަހައްޓާނީ ކިހިނެތްތޯ ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

"ޖަލަށް ދާން ޖެހިދާނެ. މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއް ދުވަހުވެސް ޖަލަށް ދާނަން. އެކަމަކު ރައީސް ޔާމީނުގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. ރައީސް ޔާމީނުގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ. ރައީސް ޔާމީނުގެ އަޒުމަކަށް ބަދަލެއް ނާންނާނެ،" ޖޯޝާއެކު ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ މާދަމާ އެމަނިކުފާނުގެ މައްޗައް އާރަށުގެ މައްސަލާގައި ހުުކުމް ކުރަން ހަމަޖެހިފައިވާ މައްސަލައާއި ގުޅުވައިގެންކަން ފާހަގަކޮށްލަންޖެހެއެވެ.

އިންޑިޔާއިން ކިތައްމެ ރުޅި އަޔަސް، އިންޑިޔާއިން މިހާރު ކުރަމުންދާ ކަންކަމާމެދު ނަފްރަތު ކުރާކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، އިންޑިޔާއިން ދޭ ލޯނަކީ ރައްޔިތުންނަށް ހެޔޮގޮތުގަ ބޭނުން ހިފޭ ލޯނެއް ނޫން ކަމަށާއި އޭގެން ހިންގަނީ ތަރައްގީގެ މަޝްރޫއުތައް ނޫން ކަމަށެވެ. އަދި އޭގެން ބައި އަޅައިގެން ސަރުކާރުގެ ތެރެއިން ބޭނުން ކުރާ ކަމަށްވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.