ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ދެން
ހަބަރު
24 Dec 2022 | 11:52
ހަރާމް ހުކުމްކުރި ފަނޑިޔާރުންނަށް ގާނޫނު އަރާ ހަމަކުރާނެ: ސައީދު

މި ސަރުކާރުގައި ހަރާމް ހުކުމްކުރި ފަނޑިޔާރުންނަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރޭ އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ 'ފެލާލައިފި' ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެ ނަމަ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރައީސް އަޅުގަނޑު އެދެން ރައީސް އަރިހުން، ހަމަ ވަރަށް ކުޑަކުޑަ ކަމަކަށް. ﷲ ގެ ވާގިފުލާއެކު ޕީޕީއެމްއާއެކު ރައީސް ވެރިކަމަށް ވަޑައިގެންފަ ފުރަތަމަ 100 ދުވަހުގެ ތެރޭގަ އިންޝާﷲ، މިއަންނަ އަހަރުގެ ނޮވެމްބަރު 11ގަ ހުވާކުރައްވާނީ ރައީސް. އެއަށްފަހު އަންނަ ފުރަތަމަ 100 ދުވަހުގެ ތެރޭގަ މުއައްސަސާތަކުން މި ދައުލަތަށް ހިޔާނާތްތެރިވާ ވެރިންނާ ހަރާން ހުކުން ނެރޭ ފަނޑިޔާރުންނާ، އަދި ބާރުދޭ އެކިއެކި މުމައްސަސާތަކުގެ ވެރިންނާ، އެ މުއައްސަސާތަކުގަ ތިބި ޅިޔަންފަރަރިންނާ. މި ބޭފުޅުންނަށް ގާނޫނު އަރާ ހަމަކުރުވަން، ފުރަތަމަ 100 ދުވަހުގެ ތެރޭގަ،" 

ސައީދު ވިދާޅުވިއެވެ.

އެ މަސައްކަތަކީ، ދިވެހިރާއްޖެ މިނިވަން ކުރުމަށް މަސައްކަތް ކުރެއްވި އަބްޠާލުންގެ ނަންފުގައި، މިއަދު ދުނިޔޭގައި ތިބި ބައެއްގެ ހައިސިއްޔަތުން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، މި ރާއްޖޭގެ މުސްތަގުބަލު އޮތީ ވިއްކާލާފައި ކަމަށާއި ސްކޫލުތައް ރަހުނުކޮށް ލޯނު ނަގައިގެންވެސް ރިޒާވުގައި އެކަށީގެންވާ ފައިސާ ނެތް ކަމަށެވެ.

ދިވެހިންގެ ބަދުނަސީބަކީ އިންޑިިޔާ ކަނޑުގައި އޮތުންތޯ ސުވާލު ކުރައްވައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ސާލިހުވަނީ ދިވެހިންނާއި މުޅި ދުނިޔެއާއި ޖައްސާފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.