ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
24 Dec 2022 | 15:45
ރާއްޖޭގެ ކޯޓަކު ރަޖިސްޓްރީ ނުކޮށް ކައިވެނިކޮށްގެން ތިބި މީހުން ސަރުކާރުގައި އެބަ ތިބި: ރައީސް ޔާމީން

ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނިކޮށްގެން ތިބި މީހުން މި ސަރުކާރުގައި އެބަ ތިބި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކޮންމެ ކުއްޖަކު ވިހެއުމާއެކު، 10 ދުވަހުގެ ތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 10 ހާސް ރުފިޔާއެއް ދަކަން ޖެހުމަކީ މި ސަރުކާރުން ޒުވާނުންނަށް ދިން ހަދިޔާއެއް ކަމަށް ވިދާޅުވެ، ޔާމިންވަނީ އާންދަނީ ހޯދަން އެންމެ ލާރިއެއްވެސް ނުލިބޭ ކުޑަ ކުއްޖާ ކުށްވެރިވާން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ޔާމިން ވިދާޅުވީ، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަކީ މައިންބަފައިންގެ އަމިއްލަ ކަމެއް ކަމަށެވެ.

އެއީ ގާނޫނު ލާޒިމް ކުރާންޖެހޭ ކަމެއް ނޫންކަމަށާއި އެއީ ކައިވެނީގެ ސެޓްފިކެޓް ނޫންކަމަށާއި، ކައިވެނީގެ ސެޓްފިކެޓްގެ ވާހަކަ ދައްކާ ނަމަ، ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހު މި ސަރުކާރުގައި އެބަ ތިބި ކަމަށް ޔާމީން ވިދާޅުވިއެވެ.

"މކައިވެނީގެ ސެޓްފިކެޓެއްގެ ވާހަކައެއްވެސް ދައްކަނީކީއެއް ނޫން. ކައިވެނީގެ ސެޓްފިކެޓްގެ ވާހަކަ ދައްކަންޏާ މި ސަރުކާރުގަ އެބަތިބި ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހުން،"ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ