ރައީސް ޞާލިހު ގެ ކެންޕެއިން ޖަލްސާގައި މޫކޭ ވާހަކަދައްކަވަނީ-
ހަބަރު
29 Dec 2022 | 22:37
ކިތަންމެ މަލާމާތެއް ކުރިޔަސް ރައީސް ނަޝީދުގެ ފަހަތަކަށް ނާރާނަން: މޫސާ

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ފަހަތްޕުޅުގައި ހުންނެވުމުން މަލާމާތާއި ފުރައްސާރަ ކުރި ނަމަވެސް، އެ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ފަހަތްޕުޅަށް ނާރާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށްދާ "އިބޫ 2023" ކެންޕެއިން ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، ރައީސް ނަޝީދު އަކީ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށާ އެހެންކަމުން އެމަނިކުފާނަށް ރައްދު ދެއްވުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ.

އެހެންނަމަވެސް، މިވަގުތު ނަޝީދަކީ ރައީސް ޞާލިހަށް ތާއީދުކުރާ މެންބަރުންގެ ވާދަވެރި ކެންޑިޑޭޓް ކަމަށާ، އަދި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން އެމަނިކުފާނު އަންނަނީ ރައީސް ޞާލިހުގެ ފެކްޝަނަކަށް ހިތުހުރި އެއްޗެއް ކިޔުއްވަމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު މޫކޭ ވަނީ ރޭގައި އޮތް ރައީސް ނަޝީދު ގެ ކެންޕެއިން ޖަލްސާގައި އެމަނިކުފާނު ދެއްކެވި މައިގަނޑު ތިން ވާހަކަ އަކަށް ރައްދުދެއްވާފައެވެ. އެގޮތުން، ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރެއްވީ އެމްޑީޕީ، ނަޝީދުގެ އަތުން އަތުލައިފި ކަމަށް ވިދާޅުވި ކަމަށް ދެއްކެވި ވާހަކަފުޅެވެ. އެވާހަކައަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ އެ ޕާޓީ އަތުލަން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް، އެހެން ނަމަވެސް، ރައީސް ނަޝީދު ގެ ފެކްޝަން ދޫކޮށް ރައީސް ޞާލިހުގެ ފެކްޝަނާއި ގުޅޭ އެންމެހައި މެންބަރުންނަށް ވެސް ނަޝީދުގެ ފެކްޝަނުން މަލާމާތްކޮށް ތުހުމަތު ތައް ކުރައްވާކަމަށެވެ.

"ވެގެން މިއުޅޭ ގޮތަކީ، މި ވީ ކުރުމުއްދަތުގެ ތެރޭގައި އަޅުގަނޑުމެންގެ ހިތުގައި ރައީސް ޞާލިހާއި މެދު ލޯބި ޖެހުނީ. ދެވަނަ ކަމެއް ވެގެނެއް ނޫން. އަޅުގަނޑުމެން މިތިބީ ހަމަ ރަނގަޅަށް ވެސް ރައީސް ޞާލިހު ދެކެ ލޯބިވެފައި. ލޯބިން މިދަނީ މި މަސައްކަތާއި އެކީގައި ކުރިއަށް. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ހުއްޓާލާނީ ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކޮށްފައި." ރައީސް ނަޝީދު ދޫކޮށް ރައީސް ޞާލިހުގެ ފެކްޝަނާއި މެންބަރުން ގުޅޭ ސަބަބު ހާމަކުރައްވަމުން މޫކޭ ވިދާޅުވިއެވެ. 

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ދެވަނައަށް މޫކޭ ފާހަގަކުރެއްވީ ބަރުލަމާނީ ނިޒާމުގެ ވާހަކައެވެ. އެވާހަކައަށް ރައްދު ދެއްވަމުން ނޫކޭ ވިދާޅުވީ ނަޝީދު އެފަދައިން ވާހަކަ ދައްކަވާ ސަބަބު އެންމެނަށް އެނގޭ ކަމަށެވެ. 

ތިންވަނަ ކަމަކަށް މޫކޭ ވިދާޅުވީ، އަދުގެ ސަރުކާރުން އެއްވެސް ކަމެެއް ނުކުރާ ކަމަށް ނަޝީދު ވިދާޅުވާއިރު، ސަރުކާރުގެ މަޝްރޫއު އެއް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. 

އަދި ރައީސް ޞާލިހު ގެ ފަހަތަށް އެމްޑީޕީގެ އެންމެ ޒަމާންވީ މެންބަރުން އަރަންޖެހުނީ، 2018 ވަނަ އަހަރު އެ ޕާޓީ ސަލާމަތް ކޮށްދެއްވީ އެމަނިކުފާނު ކަމަށާ، ޕާޓީގެ އިސް ލީޑަރަށް ވުމަށް ފަހުގައިވެސް ޕާޓީ މެންބަރުން ކަނޑާލައި، ފިޔަވަޅު އެޅުންފަދަ ކަންކަން އެމަނިކުފާނު ނުކުރައްވާ ކަމަށް މޫކޭ ވިދާޅުވިއެވެ. 

"ކިތަންމެ މަލާމާތެއް ކުރިޔަސް، ހައްދަވައިގެން ހަޑިއްޔާ ހަޑި ހުރިހާ ނަމެއް އަޅުގަނޑުމެންނަށް ކިޔަސް، އަޅުގަނޑުމެންނެއް މި އިންތިޚާބަކު ރައީސް ނަޝީދު ގެ ފަހަތަކަށް ނާރާނަން. ރައީސް ޞާލިހު އިރާދަކުރެއްވިޔާ މި އިންތިހާބު ބޮޑުކޮށް ނަގާފައި ނޫނިއްޔާ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން" މޫކޭ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.