ގއ. ދެއްވަދޫ--
ހަބަރު
04 Jan 2023 | 11:46
މަހަށް ނުކުމެ އުޅުނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގއ. ދެއްވަދޫއިން މަހަށް ނުކުމެ އުޅުނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އެރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ނިޔާވެފައި އޮއްވާ ފެނުނީ، ގއ. ދެއްވަދޫ ވައިމަތީގޭ އަހުމަދު ރަޝީދު ކަމަށާ،ދޯނީގެ ފަރާތުން އެ ހާދިސާ ރިޕޯޓު ކޮށްފައި ވަނީ 9 ޖަހާކަންހާއިރު ކަމަށް ދެއްވަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާފިއު ވިދާޅުވިއެވެ. 

އަށާރަ މީހުންނާއެކު "މަސްކުރަނގި" ދޯނިން އެންދަމަން ދިޔައީ އެއަތޮޅު ވިލިގަލާ ކިޔާ ފަޅު ރަށަކަށް ކަމަށާއި ދޯނިން މީހަކު މަދުވެގެން އުޅޭކަން ފާހަގަ ކުރެވުމުން އެމީހާ ހޯދަން ފެށީ ކަމަށް ފަޅުވެރިންނާ ހަވާލާދީ ޝާފިއު ވިދާޅުވިއެވެ. އަދި ހޯދަމުން ދަނިކޮށް ފެނުނީ ގެއްްލުނު މީހާ ނިޔާވެފައި އޮއްވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ، ނިޔާވެފައިވާ މީހާގެ ހަށިގަނޑު ފެނުނީ ވިލިގަލާގެ ބޭރުން އޮޔާ ދަނިކޮށް ކަމަށެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން، ފުލުހުން ބުނީ، ދެއްވަދޫއިން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިއަދު 8:30 ހާއިރު އެ އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި ދެއްވަދޫއާއި މޭލެއްހާ ބޭރުން ކަނޑުމަތިން އެމީހާ ފެނިގެން، އެ މީހާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާ، މަރުކަޒަށް ގެންދެވުނު އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާގައި ނިޔާވެފައި ވަނީ 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.