ޔަހޫދީ ސިފައިންގެ މީހެއް ކުރިމަތީ ޕަލަސްތީނުގެ ރައްޔިތަކު ދިދަ ވިހުރުވާލަނީ/ ފޮޓޯ: ޓައިމްސް
ދުނިޔެ
11 Jan 2023 | 06:36
ފަލަސްތީނުގެ ދިދައަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ ނިޝާނެއްކަމަށް ބުނެ ދިދަތައް ނެގުމަށް ޔަހޫދީ ސިފައިންނަށް އަމުރުކޮށްފި

ފަލަސްތީނުގެ ދިދަ އަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ ނިޝާނެއްގެ ގޮތުގައި ކަނޑައަޅައި އާންމު ތަންތަނުގައި ހުންނަ ފަލަސްތީނުގެ ދިދަތައް ނެގުމަށް ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުފެއްދި އިޒްރޭލުގެ ޔަހޫދީ ދައުލަތުން އެމީހުންގެ ސިފައިންނަށް އަމުރުކޮށްފި އެވެ. 

އިޒްރޭލުގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބިން ގަވީރު ވަނީ އާންމު ތަންތަނުގައި ހަރުކޮށްފައި ހުންނަ ފަލަސްތީނުގެ ދިދަތައް ނެގުމަށް އިޒްރޭލު ސިފައިންނަށް އަންގާފަ އެވެ. އަދި ފަލަސްތީނުގެ ދިދަތައް ނެގުމުގެ ފުރިހަމަ ބާރު ޔަހޫދީ ސިފައިންނަށް ދީފައިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. 

އިޒްރޭލު ސިފައިންނަށް މިފަދައިން އަންގާ ހުއްދަ ދޫކޮށްފައިވަނީ ނިމިދިޔަ އާދިއްތަ ދުވަހުގައިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

ޕަލަސްތީނުގެ ދިދައަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ ނިޝާނެއްކަމަށް ޔަހޫދީ ދައުލަތުން ކަނޑައަޅާފައިވަނީ، އިޒްރޭލު ސިފައިންނަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތެއް 40 އަހަރުގެ ޖަލު ހުކުމަކަށްފަހު މިނިވަންވުމުން، އޭނާ އަށް މަރުހަބާ ކިޔުމަށް ފަލަސްތީނުގެ ދިދަ ވިހުރުވާލުމާއި ގުޅިގެންނެވެ. 

އެ ކަމާއި ގުޅޭގޮތުން އިޒްރޭލުގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބުނީ އެއީ ޓެރަރިސްޓަކަށް މަރުހަބާ ކިޔުންކަމަށެވެ. އަދި އެފަދައިން ދިދަ ވިހުރުވާލުމަކީ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުންކަމަށް އޭނާ ވަނީ ބުނެފައެވެ. 

ފަލަސްތީނުގެ ދިދަ އަތުލުމާއި، އާންމު ތަންތަނުގައި ހުންނަ ދިދަތައް ނެގުމުގެ ފުރިހަމަ ބާރު ޔަހޫދީ ސިފައިންނަށް ދީފައިވާއިރު، އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލާ ފަލަސްތީނު ރައްޔިތުން ބުނަމުންދަނީ، އެ ގޮތަށް އެކަން ކުރަން ނިންމީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށްކަމަށެވެ. އަދި ޔަހޫދީންގެ ބާރު ގަދަކުރުމަށެވެ. 

ފަލަސްތީނުގެ ދިދަތައް އަތުލިކަމުގައި ވީނަމަވެސް، ޔަހޫދީންނާއި ދެކޮޅަށް ކުރާ މަސައްކަތް އެންމެ ތަންފުކެއްވެސް ފަހަތައް ނުޖައްސާނެކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނަމުންދާކަމަށް އަލްޖަޒީރާ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.