މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި 16 މެގަ ވޯޓްގެ ޖަނަރޭޓަރެއް ބަހައްޓައިދޭނެ ފަރާތެއް ހޯދަނީ

23 Jan 2019 | 11:05

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި 16 މެގަވޮޓް ޕަވަރ ޕްލާންޓަކާއި 132 ކޭވީއޭ ސަބްސްޓޭޝަނެއް، ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ސްޓެލްކޯއިން އިއުލާން ކޮށްފިއެވެ.

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އަދި އެ މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެ މަސައްކަތްތައް ކޮށްދެއްވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ހަތެއް ފެބްރުއަރީގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:00 އަކުން މެންދުރު 15:00 ނިޔަލަށް 200 ޔޫއެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހި ރުފިޔާ ޑޮކިއުމަންޓް ބައްލައިގަތުމަށްފު ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ 11 އަށް ސްޓެލްކޯއަށް ވަޑައިގެން މައުލޫމާޓު އޮޅުން ފިލުވުމަށް އެދޭކަމަށް. އަދި ފެބްރުއަރީ މަހުގެ 24 ވާ އާދީއްތަ ދުވަހުގެ 11އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެކުންފުނިން ބުނެފައިވަނީ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ މިމަހުގެ ތިރީސް ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު ނުވައަކުން މެންދު 15:00 ކަމަށެވެ.

އެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ޔޫއެސް ޑޮލަރު ހުށަހަޅަން ހުށަހަޅަންވާނެ ކަމަށާއި އަދި ޕާރފޮމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ފަނަރަ އިންސައްތަ ކާމިޔާ ކުރައްވާ ފަރާތުން އަދާކުރަންޖެހޭކަން ޖެހޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް ބޭންކް ޑްރާފްޓް ނުވަތަ އިންޝިއުރެންސް ޕޮލިސީއެއްކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެ މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދޭން ވާނެކަމަށާއި، އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު އެމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެކަމަށްސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެ މަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން އަންނަ ފެބްރުއަރީ 24 ވާ (އާދީއްތަ) ދުވަހުގެ އެގާރަގަޑި ސުންމިނެޓަށް ބީލަން ހުށަހެޅުއްވުމަށް އެކުންފުނިން އެދިފައިވެއެވެ. އަދި ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement