ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން އުފައްދައިދިން މި ކެރެކްޓަރ "ހަސަން"
ވިޔަފާރި
14 Jan 2023 | 16:36
ހަސަނު ބުނާ ބަސް އަހާތި


އަހަރެމެންގެ ހަޔާތުގެ ދަތުރަކީ އަހަރެމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތެވެ. އަހަރެމެންގެ ޖިސްމާއި ހަށިގަނޑާއި ހިއްސުތަކާއި ވަށައިގެންވާ މާހައުލެވެ. އަހަރެމެންގެ ވިސްނުމާއި ހުނަރާއި ގާބިލިއްޔަތުކަމެވެ.

މި ހުރިހާ ކަމެއްގެ ބޭނުން ހިފައިގެން އަހަރެމެންގެ މަގްސަދަކަށް ވާންޖެހޭނީ އަބަދު ވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ. އަހަރެމެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ. އަދި އުފާވެރި ހަޔާތެއް ވޭތުކުރުމަށެވެ.

މި މަގްސަދުތައް ހާސިލުކުރެވެން އޮތީ ދިރިއުޅުމުގެ އެކިއެކި އަޑިގުޑަންތައް ގިރާކޮށްގެންނެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އާ ހިތްވަރެއް ލައިގެން ފަސް ނުޖެހި ކުރިއަށް ގޮސްގެންނެވެ.

މީގެ އިތުރުން ވެސް ކުރެވިދާނެ ވަރަށް މުހިންމު ކަމެއް އޮވެއެވެ. އެއީ ކުރިމަތިވެދާނެ އަޑިގުޑަންގަނޑަކަށް ގޮންޖެހުމަކަށް ކުރިއާލައި ތައްޔާރުވެގެން ހުރުމެވެ. އެޅެން ހުރި ފިޔަވަޅުތައް އަޅާ، ހަޔާތުގެ ދަތުރުގެ ކުރިއަށް އޮތް ބަޔަކީ އަމާން ދުވަސްވަރަކަށް ހެދުމެވެ.

އެލައިޑުގެ އެކުވެރި ހަސަނާ ދިމާވެއްޖެ ހެއްޔެވެ؟ ހަސަނަކީ މި ބުނާ މަގު ދައްކައިދޭނެ، އެންމެންގެ ވެސް އެކުވެރިއެކެވެ. ހިކުމަތްތެރި މާލިމީއެކެވެ.

ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން އުފައްދައިދިން މި ކެރެކްޓަރ "ހަސަން"އަކީ ނޫކުލައިގެ ދޫންޏެކެވެ. އޭނާ އަޅައިގެން ހުންނަ ތޮތްޕާއި އައިނުގެ އިތުރުން އޭނާގެ މަޑުމައިތިރި މިޒާޖުން ވެސް އޭނާގެ ހިކުމަތްތެރިކަން ހާމަވާނެއެވެ.

އެލައިޑުގެ އެކި އިޝްތިހާރުތަކުން ކުރިއަށް އޮތްތަނުގައި ފެންނަމުން ދާނެ މި ހިކުމަތްތެރި ހަސަން ވެގެން ދާނީ އެންމެންގެ ވެސް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވާނެ އެކުވެރިއަކަށެވެ. ދިރިއުޅުމާއި ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި ވެސް ކުރިމަތިވެދާނެ ނުރައްކާތަކާއި އެ ފަދަ ނުރައްކަލެއް ދިމާވާ ދުވަހަކަށް ތައްޔާރުވެވޭނެ ގޮތްތައް ހަސަން ކިޔައިދެމުން ދާނެއެވެ.

މުސްތަގުބަލުގައި ދިމާވެދާނެ އުނދަގޫ ކަމަކަށް ތައްޔާރުވެވޭނެ އެންމެ ބުއްދިވެރި އެއް ގޮތަކީ އިންޝުއަރަންސެވެ. ތިމާގެ ގެދޮރާއި މުދަލާއި ވިޔަފާރިއާއި އަދި ޖިސްމު ވެސް އިންޝުއަރަންސް މެދުވެރިކޮށް ރައްކާ ކުރެވިދާނެއެވެ. އަދި ތިމާއަށް ލިބޭ ގެއްލުމަކުން އާއިލާ ހާލުގައި ޖެހެން ނުޖެހޭނެ ފަދަ ހައްލުތަކާއި ނުވަތަ ކަމެއް ދިމާވެގެން ވިޔަފާރި ހުއްޓިއްޖެ ހާލަތެއްގައި ލިބެން އޮތް ވިޔަފާރީގެ ފައިދާ ވެސް އެކަމަށް ހާއްސަ އިންޝުއަރަންސް ޕްލޭނެއް މެދުވެރިކޮށް ހޯދޭނެ މަގު އޮވެއެވެ.

ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން އުފައްދައިދިން މި ކެރެކްޓަރ "ހަސަން"

އެލައިޑްގެ ހަސަންގެ މަގްސަދަކީ މިފަދައިން ހުރި އެކިއެކި ރައްކާތެރިކަމުގެ ފުރުސަތުތައް އާންމުންނަށް ކިޔައިދިނުމެވެ. ހަސަންގެ ހަޔާތުގެ އެކިއެކި ވާހަކަތަކުގެ ޒަރިއްޔާއިންނެވެ. "ޕްރެކްޓިސް ވަޓް ޔޫ ޕްރީޗް"އޭ ބުނާ ފަދައިން ހަސަން ވެސް ހުރީ އޭނާއާއި އޭނާގެ އާއިލާ އެލައިޑްގެ އެކިއެކި ޕްލޭންތައް މެދުވެރިކޮށް ރައްކާތެރިކޮށްގެންނެވެ.

ދެން އޮތީ އަހަރެމެންނެވެ. ހަސަން ބުނާ ގޮތް ހަދައިގެން އަހަރެމެން ވެސް އާއިލާއާއި މުދާ ރައްކާތެރިކުރަމާ ހެއްޔެވެ؟

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.