ޑރ ވަހީދު މެޓްރޯޕޮލިޓަން ކޮލެޖުގެ 2022 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވަނީ/ ފޮޓޯ: އިންޓާނެޓު
ހަބަރު
14 Jan 2023 | 18:01
ރައީސް ވަހީދު މެޓްރޯޕޮލިޓަން ކޮލެޖުގެ 2022 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވައިފި

ސްރީލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖުގައި 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝަރަފުވެރިކޮށްދެއްވައިފި އެވެ. 

އެ ރަސްމިއްޔާތު އޮތީ 2023 ޖަނަވަރީ 12 ގައި ކޮލޮމްބޯގެ "ނެލުމް ޕޮކޮނަ މަހިންދަ ރާޖަޕަކްސަ ތިއޭޓާރ"ގައެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ބައެއް ކެބިނެޓު މިނިސްޓަރުންނާއި ޕާލިމަންޓު މެމްބަރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންފައި ވެއެވެ. 

އެ ރަސްމިއްޔާތުގައި ޑރ ވަހީދު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. 

ޑރ މުހައްމަދު ވަހީދުގެ ވާހަކަފުޅުގައި ސްރީލަންކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އަދި މި ވަގުތު ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި ޑރ ވަހީދުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ސްރީލަންކާއަށް ޑރ ވަހީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ހިޒް އެކްލެންސީ ރަނިލް ވިކްރަމަސިންހައާއި ކުރީގެ ދެ ރައީސުންގެ އިތުރުން ޚާރިޖީ ވަޒީރާއި ވަނީ ބައްދަލުކުރައްވާފަ އެވެ. 

އޭގެ އިތުރުން ބައެއް ކެބިނެޓު މިނިސްޓަރުންނާއި ޕާލިމެންޓު މެމްބަރުންނާއި އެހެނިހެން ސީނިއާ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ އަދި އިގްތިސާދީ ކަންކަމާމެދު ޚިޔާލުބަދަލު ކުރެއްވި އެވެ. 

ޑރ މުހައްމަދު ވަނީ ރާއްޖޭގެ އެންމެ ފަހުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުންނާއި، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދިނުމުގައި ހުރި ހުރަސްތަކާއި ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.