ރައީސް ނަޝީދު އެމްޑީޕީ ޖަލްސާއެއްގައި/ ފޮޓޯ: ވަގުތު
ހަބަރު
14 Jan 2023 | 23:12
ނަޝީދުގެ ހިސާބު: ފެބުރައީ މަހުން ފެށިގެން ތަކެތީގެ އަގުތައް ދެގުނައަށް ބޮޑުވާނެ!

ކުރިއަށް އޮތް ފެބުރުއަރީ މަހުން ފެށިގެން ތަކެތީގެ އަގުތައް ދެގުނައަށް އުފުލިގެންދާނެކަމަށް ލަފާކުރެވޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ތ. ގުރައިދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރުން ޓެކްސް ބޮޑުކުރީ ދަރަނި ދައްކާށެވެ. އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލޭނެކަމަށް ވިދާޅުވި އެވެ. 

"މިހާރު އުފުލިފައިހުރި މިންވަރަށްވުރެވެސް އިތުރަށް އަދި އުފުލިގެންދާނެ"

ރައީސް ނަޝީދު 

ނަޝީދު ވިދާޅުވީ މިހާރު ތަކެތީގެ އަގުތަކަށް ބަދަލު އައިސްފައިވަނީ ހަމައެކަނި ޖީއެސްޓީ ބޮޑުކުރުމާއި ގުޅިގެންކަމަށެވެ. އެއީ ފިހާރަތަކުގައި ހުރި ސްޓޮކް ކަމަށާއި، އާ ސްޓޮކް އަންނަ އިރު ނާލުގެ އަގާއި، ގުދަން ކުއްޔާއި، ތެލަށް އިތުރުވާ ބައިގެ އިތުރުންވެސް އެތައް ބައެއް އިތުރުވެގެން ދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން އަންނަ މަހުގައި ތަކެތީގެ އަގުތައް މިހާރު ހުރި އަގުތަކަށްވުރެ 15 އިންސައްތަ އުފުލިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާއީދު ނުކުރައްވާކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަ ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
އަލި
ބަލަ މަނިކުފާނުގެ ވެރިކަމުގައި ނޫންތޯއެވެ ހުރިހާ އެއްޗެއްގެ އަގުބޮޑުކޮށް ޓެކުސް އޭ އެކިޔާ އެތި މިކުޑަކުޑަ ރާއްޖެ އައް ތާރަފު ކުރީ، ވެރިކަމަށް އަރަން ވީމަ ފއް ކިބަޔޭ މިކިޔަނި،👎
14 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.