ހޯމް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Jan 2023 | 12:15
ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ކޮންފަރެންސްއެއް ބާއްވަނީ

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހަދައި، ފުލުހުން ދެމުންގެދާ ޚިދުމަތް ހަރުދަނާކުރެވޭނެ ކަންކަން ދެނެގަތުމަށް ޕޮލިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ޚާއްޞަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

މިކޮންފަރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 18 އިން 21 އަށެވެ. މި ކޮންފަރެންސް ކޮންމެ އަހަރަކު ބާއްވަން ވަނީ ނިންމާފައެވެ.

ހޯމް މިނިސްޓްރީއާއި، ފުލުހުންނާއި، ފުލުހުންގެ ބޯޑުން އިސްނަގައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސަކީ އިލްމީ ދިރާސާތަކެއްގެ މައްޗަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސެވެ. މިކޮންފަރެންސާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފާއިތުވެދިޔަ 89 އަހަރުގެ ތެރޭގައި ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.  

ފުލުހުންގެ ޚިދުމަތުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަމަކީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެ ގޮތަކަށް އެޖާގަ ދެވިގެން ގެނެވޭ ބަދަލުތަކަށް ވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މި ކޮންފަރެންސުގެ އެންމެމުހިންމު މަޤްސަދަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި، މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުމެވެ. އަދި އެ ކޮންފަރެންގައި ޤާނޫނު ތަންފީޒުކުރާ އިދާރަތަކާއި، ޔުނިވާސިޓީ، ކޮލެޖް، މަދަނީ ޖަމްއިއްޔާތައް ހިމެނޭހެން އަދި އަމިއްލަ ފަރަތްތަކުންވެސް ކަރުދާސް ހުށަހަޅައި މަޝްވަރާކުރެވިގެން ފުލުހުންގެ ޚިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީވެސް މި ކޮންފަރެންސްގެ މަޤްޞަދެކެވެ.

މިކޮންފަރެންސުގައި 10 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށައެޅުމަށް ނިންމާފައިވެއެވެ. އެގޮތުން ކްރައިމް ޕްރިވެންޝަން، ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓާ ޓެރެރިޒަމް، ފައިނޭޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިން، ސައިބާ ކްރައިމް، ފޮރިންސިކް ލީޑަރޝިޕް އޯގައިނޭޝަން ރެސިލިއަންސް، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ޓްރާސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ، އެފެޝެންސީ އެންޑް އެފްޓިވްނެސް، އަދި ރޯޑް ސޭފްޓީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.