މޫކޭ އެމްޑީޕީގެ ކޮންފަރެންސްއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
21 Jan 2023 | 18:28
ރައީސް ޔާމީން އޮންނާނީ ޖަލުގައި، 2023 އަށް ކެންޑިޑޭޓެއް ހޯދަން އުޅޭ: މޫކޭ

ޕީޕީއެމްގެ ރައީސް  ޔާމީން އަބްދުލްގައްޔޫމު ދެން ސަލާމަތެއް ނުވާނެކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ހޯދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. 

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޔާމީންގެ މައްޗަށް ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން މަސައްކަތް ކުރައްވަމުންދާ މި ދަނޑިވަޅުގައި މޫކޭ ވިދާޅުވީ ރައީސް ޔާމީން އޮންނާނީ ޖަލުގައި ކަމަށެވެ.

މި ސަރުކާރުން ނިންމި މަޝްރޫއުތައް ޚުލާސާ ކުރައްވަމުން މޫކޭ ކިޔުއްވަމުން ދިޔަ ލިސްޓު ކުރުކޮށްލައްވަމުން އެންމެ ފަހުކަމެއްގެ ގޮތުގައި ވިދާޅުވީވެސް ރައީސް ޔާމީން ޖަލަށްލި ވާހަކައެވެ. އަދި އެކަން ނިމިއްޖެކަމަށް މޫކޭ ވިދާޅުވިއެވެ. 

"އެކަން ނިމިއްޖެ، އެކަން ހަމަ ސާފުކޮށް ނިމިއްޖެ. އެކަން ނިންމާ ވަގުކަލޭގެ (ރައީސް ޔާމީން) ހިފާ ހައްޔަރުކޮށް އެ އޮތީ ޖަލަށް ލާވެސް ނިމިފަ.."

އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ)

މޫކޭ ދެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއަށް ވަނުމަށް ޕީޕީއެމުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތުގައި ޕާޓީގެ ތެރެއިންވެސް ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އެއާއެކު އޭނާ ވަނީ މިހާރުން މިހާރަށް އެކަން ހުއްޓާލުމަށްފަހު އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓެއް ހޯދުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވާފަ އެވެ. 

"ޕީޕީއެމްގެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ދަންނަވާލަން ބޭނުންވަނީ މިއީ އަޅުގަނޑުމެންގެ އެތެރޭގެ ކަމެކޭ.. މިއީ ތިބޭފުޅުންނާއި ބެހޭ ކަމެއް ނޫނޭ.. ތިބޭފުޅުންގެ ކެންޑިޑޭޓެއް 2023 އަށް ހޯދަން އެކަމާ އުޅުއްވާށޭ.. އެނޫން ކަމެއް ކުރައްވާނެކަމެއް ނެތް.. ޔާމިނެއް ދެން ސަލާމަތެއް ނުވާނެ

އާރުޑީސީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ)

ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރައީސް ޔާމީނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

މިފަހަކަށް އައިސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން ދާ ދިއުމަށްވެސް ޖަލްސާގައި ވާހަކަދެއްކެވި ބައިވެރިން ވަނީ ރައްދުދެއްވާފަ އެވެ.

އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ވާހަކަފުޅުގައި ވަނީ ރައީސް ނަޝީދު ރައީސް ޔާމީނާއި ބައިޔަތުހިފައި ދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރަމުންދާ ދިއުމާއި ގުޅިގެން އިދިކޮޅުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ދެ ރައީސުންގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގައި، ދެ ރައީސުންވެސް ރައީސް ޔާމިންގެ ނަންފުޅު ބޭނުންކުރައްވަނީ ސިޔާސީ ތާއީދު ހޯއްދެވުމަށްކަމަށް އިދިކިޅުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ހަސަނު
ބޮޑުވަގު މޫކާ ކަލެއަށް ރ ޔާމީން ހިގާމަގަކުންވެސް ނުހިގޭނެ. ނުހައްގުން ޖަލައް ލައިގެން އުޅެނީ ޒިނޭސްލޯލިހު ރާވައިގެން
21 Jan 2023
ަލިފާންކަނި
މުކޭތީ ގޮތް ނިންމާ މީހާތަ . ވަޒީފާއާ ހެދިވެސް ތިއީ ތަންފުކެށް ބޮދުވަރު.
21 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.