އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް--ފޮޓޯ: ވޮއިސް
ހަބަރު
21 Jan 2023 | 20:36
އަމާން ފްލެޓް ބަލާލަން އާއްމުންނަށް ހުޅުވާލައިފި

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފަހިދިރިއުޅުން ކޯރޕަރޭޝަނުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތެރެއިން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ 3 ކޮޓަރީގެ ފްލެޓްތައް ބަލާލުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ފަހިދިރިއުޅުން ކޯރޕަރޭޝަނުން "ވޮއިސް" އަށް މައުލޫމާތު ދިންގޮތުގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ14:00 - 16:00 އަށް ފްލެޓް ބަލާލުމަށް އާންމުންނަށް ވަދެވޭނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން މާލެ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓް ތަކުގެ ނަމަކީ "އަމާން" އެވެ. 

އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް އާންމުނަށް ދައްކާލުމަށް ހުޅުވާލާފައިވާއިރު، މިމަޝްރޫއުގެ ދަށުން 2000 ހައުސިންގ ޔުނިޓު އިމާރާތްކުރެވޭނެއެވެ. މިއީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 އެޕާރޓްމަންޓް އާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 އެޕާރޓްމަންޓެވެ.

އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް--ފޮޓޯ: ވޮއިސް

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ 2022ގައެވެ. އިންޑިއާގެ ޖޭއެމްސީއިން އަޅާ 8 ޓަވަރުގެ މިއަހަރު ނިމޭނެކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. އަދި އިންޑިއާގެ އެމްބީސީސީން އަޅާ 5 ޓަވަރު ވެސް މިއަހަރު ނިމޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް--ފޮޓޯ: ވޮއިސް

16 ޓަވަރުގެ މައްޗަށް ބަހާލައިގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. 

މިވަގުތު މިކޯރޕަރޭޝަނުން ކުރިޔަށް ގެންދާ ޖުމްލަ 4000 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. 

އެފްޑީސީއިން ބުނީ ހައުސިން ޔުނިޓު އަޅާނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގައި ކަމަށެވެ. ފްލެޓުތައް އަޅަން އެފްޑީސީން ހަވާލުކޮށްފައިވަނީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެެއިން ކޮންމެ ކުންފުންޏަކާ 16 ޓަވަރު ވަނީ ހަވާލު ކޮށްފައެވެ.

އަމާން ޕްރޮޖެކްޓްގެ "އުދަރެސް" ޓަވަރުގެ 3 ކޮޓަރީގެ މޮކްއަޕް ރޫމް--ފޮޓޯ: ވޮއިސް

މި ދެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ ތިން ކޮޓަރީގެ 1400 ފްލެޓާއި ދެ ކޮޓަރީގެ 600 ފްލެޓު އެޅުމަށެވެ. ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 650 އަކަފޫޓު ހުންނާނެއެވެ.

އެ ފްލެޓުތައް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ދީފައިވެއެވެ. އެއީ 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި 110.5 މިލިއަން ޑޮލަރުގެ ލޯނެކެެވެ. އެ ލޯންތަކަށް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.