ޝިޔާމު ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Jan 2023 | 09:46
ރައީސް ޔާމީނަށް ހަރާން ހުކުމެއްކޮށްފަ ރައްޔިތުންގެ ގާތަށް ދިޔައިމަ ހަނު ތިބެދޭނެކަމަށް ހީނުކުރާތި: ޝިޔާމު

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހަރާން ހުކުމެއް ކުރެއްވުމަށްފަހު ރައްޔިތުން ގާތަށް ވަޑައިގަތުމުން، ރައްޔިތުން ހަނު ތިއްބަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހީފުޅުކުރައްވައިގެން ނުވާނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު އެފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ރައީސް ޞާލިހު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ޞާލިހު ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. އޭގެ އިތުރުން މި ސަރުކާރު އަޑީގައި އޮވެގެން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ "ހަރާން ހުކުމެއް" ކަމަށާއި، އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށްވެސް ރައްޔިތުން ގޮވާލާފައި ވެއެވެ. 

ފުވައްމުލަކުގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: އިންޓަނެޓު 

ފުވައްމުލަކު ސިޓީގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި މަންޒަރުތައްވެސް ފެނިގެންދިޔައެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި މުޒާހަރާގެ ބައެއް ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

އެހެން ނަމަވެސް ހުއްޓާނުލާ ފުވައްމުލަކުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. ހަވީރުގެ މުޒާހަރާއަށްފަހު މިރޭވެސް ރައީސް ޞާލިހާއި ދެކޮޅަށް ރައްޔިތުން ވަނީ އަޑުއުފުލާފަ އެވެ. 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި ފުވައްމުލަކު ސިޓީއިން ދެއްކި މިސާލަށް އައްސެރިބަހާއި ސާބަސް ރައްދުކުރައްވާކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް ހަރާން ހުކުމެއްކޮށް ދިވެހިރާއްޖެ އިންޑިއާގެ އަވަށަކަށް ހެއްދެވުމަށްފަހު ރައްޔިތުންގެ ގާތަށް އަނެއްކާވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ވަޑައިގަތުމުން ރައްޔިތުން ހަނުތިބެދޭނެކަމަށް ގަބޫލުފުޅުކޮށްގެން ނުވާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ރައީސް ޞާލިހު ފުވައްމުލަކަށް ވަޑައިގަތުމުން ރައްޔިތުން މުޒާހަރާކޮށްފައިވާއިރު، އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައިވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.