އޭސީސީ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ޕީޕީއެމް
ހަބަރު
23 Jan 2023 | 15:56
ރައީސް ޞާލިހުގެ ކެމްޕޭނަށް ނުހައްގުން ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބަލާނެކަމަށް އޭސީސީން ބުނި: އިދިކޮޅު

ރައީސް ޞާލިހުގެ ކެމްޕޭނަށް ނުހައްގުން ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބަލާނެކަމަށް އޭސީސީން ބުނެފައި ވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޞާލިހުގެ ކެމްޕޭނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް، ސްކޫލު ކުދިންނާއި ސިވިލް ސާވިސް މުވައްޒަފުން ނެރޭ ކަމަށާއި އަދިވެސް އެހެނިހެން ބައިވަރު މައްސަލަ އެބަހުރި ކަމަށް ބުނަމުން، އެ މައްސަލަތަކާއެކު މިއަދު އިދިކޮޅުން ވަނީ އޭސީސީއަށް ގޮސްފައެވެ.

އެ ބައްދަލުވުން ނިންމާލުމަށްފަހު އޭސީސީން ނުކުމެވަޑަގައިގެން މީޑިޔާއާ ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޞާލިހު ކެމްޕޭން ތަކަށް ވަޑައިގެންފައި ސްކޫލު ކުދިންނާއި އޮފީސް މުވައްޒަފުންނާއި ސިވިލް ސާވިސް މީހުން އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް މަރުހަބާ ކިޔަން ނުކުންނަން ބުނާ މައްސަލަ ބަލާނެކަމަށް އޭސީސީން އަދި މިފަދަ މުއައްސަސާތަކުންވެސް ޔަގީން ދޭ ކަމަށެވެ.

"އެއީ ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވަނީކީ ނޫން. ކެމްޕޭން ދަތުރުތަކުގަ މި ސަގާފަތް ކުރިއަށް ގެންދިއުން ހުއްޓާލަން އެންމެ ބޮޑަށް އަޅުގަނޑުމެން މި ވަކާލާތު ކުރަނީ އެންމެ ބޮޑަށް، ފެށުނީއްސުރެވެސް ކެމްޕޭންތަކަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންފަ ސްކޫލު ކުދިން ނެރެ މަގުމަތީގައި ބައިތިއްބާ، މި ހުރިހާ ސަކަރާތް ނުޖަހާށޭ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް ޞާލިހު އެ ކުރައްވާ ދަތުރު ތަކަކީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ކުރައްވާ ދަތުރުތައް ކަމަށާއި އެ ދަތުރުގައި ހިނގާ މިފަދަ ކަންކަމާމެދު، އިދިކޮޅުން ބޭރު ގައުމުތަކަށް ދިއުމުން ބޭރުގެ ފަރާތްތައް އެ ވާހަކަ ދެއްކި ކަމަށެވެ. އަދި އޭސީއީއަށް ރިޕޯޓު ކުރަން އިރުޝާދު ދިން ކަމަށެވެ.

މިއަދު އޭސީސީގައި ބޭއްވި ބައްދަލުވުމަށްފަހު، އޭސީސީއާއެކު މަޝްވަރާ ކުރެވުނު ކަންތައްތަކާމެދު ބޭރުގައި ކަމާ ގުޅޭ ކޮންފަރެންސްއެއް ބާއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.