ރައީސް ޞާލިހު ގުރައިދޫއަށް ވަޑައިގަތުމުން މުޒާހަރާ ކުރާތީ އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ --
ހަބަރު
23 Jan 2023 | 17:21
ޔާމީންގެ ސެކިއުރިޓީއަށް ޖޯކު ޖެހި އެމްޑީޕީން ޖަލްސާތަކަށް މީހުނަށްވުރެ ގިނަ ސެކިއުރިޓީން ގެންދޭ: ޑރ. ޖަމީލް

ކުރިން ރައީސް ޔާމީންގެ ސެކިއުރިޓީއަށް ޖޯކު ޖެހި އެމްޑީޕީން މިއަދު ޖަލްސާތަކަށް މީހުނަށްވުރެ ގިނަ ސެކިއުރިޓީން ގެންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، މިއަދު ރައީސް ޞާލިހު ކ. ގުރައިދޫއަށް ވަޑައިގެންނެވި އިރު އެރަށުގައި ކުރި މުޒާހަރާ ހުއްޓުވުމަށް އެމްއެންޑީއެފްއިން ގޮސްފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

"ކުރިން ރ. ޔާމީނުގެ ސެކިއުރިޓީއަށް ޖޯކުޖެހި އެމްޑީޕީ މިއަދު ޖަލްސާއަށްދާ މީހުންނަށްވުރެ ގިނައިން ސެކިއުރިޓީ ފޯސްގެންދޭ. ޕީޕީއެމްއަކީ ޞުލްޙައަަށް ލޯބިކުރާ ހަމައެކަނި ސިޔާސީ ޕާޓީ. ރ.ޔާމީނަށް ކުރާ ސިޔާސީ އަނިޔާ ހުއްޓަންދެން އިޙްތިޖާޖު ފެންނާނެ،" ޖަމީލް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކ. ގުރައިދޫއަށް ވަޑަގަތުމުން، ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އެރަށު މީހުން ވަނީ މުޒާހަރާ ކޮށްފައެވެ.

ރައީސް ޞާލިހު އެރަށަށް ވަޑައިގަތުމުން މުޒާހަރާ ފަށައި، ރައީސް އެރަށުން ފުރާ ވަޑައިގަތުމުން މުޒާހަރާ ވަނީ ހުއްޓާލާފައެވެ.

އެރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "ވޮއިސް" އަށް ވިދާޅުވީ، ފުދޭވަރަކަށް ގިނަ މީހުން މުޒާހަރާގައި ބައިވެރިވި ކަމަށާއި، މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ރައީސް ޔާމީނު ދޫކޮށްލުމަށް ކަމަށެވެ.

ޔާމީން ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ، މުޒާހަރާގެ ބައިވެރިންގެ އަޑު، ރައީސް ޞާލިހުގެ ޓީމަށް ނީވޭ ހިސާބަށް ދުރަށް ޖައްސަން ކަމަށް ޔާމީން ވިދާޅުވިއެވެ.

"ފުލުހުން ދެން އަޅުގަނޑުމެންގެ މީހުނަށް ވަރަށް އަނިޔާކުރި. ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަރަށް އަނިޔާވެރިކޮށް ކަންތައް ކުރީ،" ޔާމީން ވިދާޅުވިއެވެ.

މުޒާހަރާކުރީ ވަރަށް ސުލްހަވެރިކޮށް ކަމަށާއި ނަމަވެސް ފުލުހުން ކަންތައްކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް ތަކުރާރުކޮށް ޔާމީން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.