ޔޫކެގެ ހައިކޮމިޝަންއަށް ވަޑައިގަތުމަށްފަހު އިދިކޮޅުގެ ލީޑަރޝިޕުން ނޫސްވެރިންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
25 Jan 2023 | 17:12
ބައިނަލްއަގުވާމީ ފަރާތްތަކުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިއްޖެ: އިދިކޮޅު

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމަށް ކުރާނެކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަމައުގައި އެމްޑީޕީއިން ހެދީ ދޮގުކަން ފަޅާއަރާ، އެ ފަރާތްތަކުން އެމްޑީޕީއަށް ކުރި އިތުބާރު ގެއްލިފައިވާކަމަށް އިދިކޮޅުން ބުނެފިއެވެ. 

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަމަށާއި، އެމަނިކުފާނަށް ސަރުކާރުން އަނިޔާކުރަމުންދަނީ ސަރުކާރުގެ ވާދަވެރި ލީޑަރަށްވުމުންކަން ހާމަކޮށް އިދިކޮޅުން ވަނީ މިއަދު ދިވެހިރާއްޖޭގައި ހުންނަ ޔޫކޭގެ ހައިކޮމިޝަންއަށް ވަޑައިގެން އެތަނުގެ އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. 

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއްކަން ބޭރުގެ ފަރާތްތަކަށްވެސް އެނގޭކަމަށެވެ. 

އޭގެ އިތުރުން ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ޑިމޮކްރަސީއާއި ބީރައްޓެހިކަންކަން ބައިނަލްއަގުވާމީ އެކި އެކި ޖަމުއިއްޔާ ޖަމާއަތްތަކުން ގާތުން ބަލަމުންދާކަމަށާއި، މީގެ ކުރިން އެމްޑީޕީއިން އެމީހުންގެ ގާތުގައި ދެއްކި ވާހަކަތަކާއި، ބަހާއި އަމަލާއި ދިމާ ނުވާކަމަށް ސައީދު ވިދާޅުވި އެވެ. 

އަދި އެ ސަބަބައްޓަކައި މިހާރު އެފަރާތްތަކުން އެމްޑީޕީއަށް އިތުބާރު ނުކުރާކަމަށް ސައީދު ވިދާޅުވި އެވެ. 

"އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ ދިވެހިރާއްޖޭގައި މި ހިނގާ ކަންތައްތައް ބޭރު ދުނިޔޭގެ ސަމާލުކަމަށް ނުގެނެވޭނެވަރުގެ ބަޔެކޭ ދެން ތިބީ އެމްޑީޕީ ފިޔަވާ.. އެމްޑީޕީއާއި ދޭތެރޭ ނެތް ބޭރުގެ ޓްރަސްޓެއް މިއަދަކު.. އެވާހަކަ ރައީސް ނަޝީދުވެސް އެ ދައްކަނީ. ޑިމޮކްރެޓިކް ތާޖެއް އަޅައިގެން ވަރަށް މަގުބޫލުބައެއްކަމަށް ބޭރު ދުނިޔޭގައި ދައްކަމުން އައި ބައެއް އެމްޑީޕީއަކީ.. އެހެން ނަމަވެސް ހުރިހާ ބާރެއް ލިބުނީމަ ކަންކޮށްލި ގޮތް މިފަހަރު މުޅި ދުނިޔެއަށް ފަޟީހަތްވެގެން އެ ދިޔައީ"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު 

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތް ކާމިޔާބުކަމަށެވެ. 

އެމްޑީޕީއިން ކުރަމުންދާ ޚުދުމުހުތާރު ވެރިކަން ދުނިޔެއަށް ފަޟީހަތްވެ ބޭޒާރުވުމަކީ ދިވެހިންނަށް ލިބުނު ކުރިއެރުމެއްކަމަށް ސައީދުގެ ވާހަކައިގައި ސިފަކުރެއްވި އެވެ. 

ކޮމެންޓް
ހުސޭނުބެ
ބައިނުލްއަގްވާމީ އެއް އޮންނަކަންވެސް ކޮންމެ ފަހަރަކު މިއެގެނީ ޔާމީނު ޖަލަށްލީމައެވެ. އެހެންވީމާ އެވާހަކަ ދައްކާކަށް ޕީޕީއެމަކަށް ނޭގޭނެއެވެ.
25 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.