އިދިކޮޅު ކޯލިޝަންގެ ލީޑާރޝިޕުން ނޫސްވެރިންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
26 Jan 2023 | 19:40
ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބާކީކުރަން: އިދިކޮޅު

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީ އެކަހެރިކޮށް ބާކީ ކުރުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ. 

އިދިކޮޅު ކޯލިޝަނުން މިފަދައިން ބުނެފައިވަނީ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމާއި ގުޅިގެން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ބައިނަލްއަގުވާމީ ޖަމުއިއްޔާތަކާއި ހިއްސާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

އެގޮތުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އަދި އެއީ ސީދާ އެމަނިކުފާނަކީ ވާދަވެރި ސިޔާސީ ލީޑަރަށް ވީތީ ކުރާ އަނިޔާތަކެއް ކަމަށާއި، އެއީ ސަރުކާރު އަޑީގައި އޮވެގެން ދޭ އަނިޔާތަކެއް ކަމަށެވެ. 

އެއާއެކު ސައީދު ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާތައް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ހުންނަ ބޭރުގެ އެކި އެކި މިޝަންތަކާއި އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާ ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ކޯލިޝަންގެ ލީޑަރު ގެންގޮސް މާފުށީ ޖަލުގައި ބަހައްޓާފަ، އަޅުގަނޑުމެންގެ އެތައްހާސް ރައްޔިތުންނެއްގެ އުންމީދު ވެއްޔާ މޮޑެލާމ ޕީޕީއެމް-ޕީއެންސީ ކޯލިޝަން މި އިންތިޚާބުން ބާކީކުރުމަށްޓަކައި މި ސަރުކާރުން ކުރާ މަސައްކަތް ދުނިޔެއަށް މިދަނީ ފަޟީހަތްވަމުން"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު 

ސައީދު ވިދާޅުވީ މި ސަރުކާރުން ހިންގަމުންދާ ޑިމޮކްރަސީއާއި ބީރައްޓެހި ކަންތައްތައް ދުނިޔެއަށް ފަޟީހަތް ވެގެން ދިއުމަކީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ލިބޭ ކާމިޔާބީއެއް ކަމަށެވެ. 

އެގޮތުން އިންތިޚާބާއި ދެމެދު މި އޮތް ދުވަސްތަކަކީ ބޭރު ފަރާތްތަކުގެ ޕްރެޝަރާއި ފޮރިން މިނިސްޓްރީއިން ކުރިމަތިލާން ޖެހޭނެ ދުވަސްތަކަކަށް ވެގެންދާނެ ކަމަށާއި، ބޭރު ފަރާތްތަކުގެ ސުވާލުތަކަށް ޖާވާބު ނުދެއްވާ ހުންނަވަން ޚާރިޖީ ވަޒީރަށްވެސް އުނދަގޫފުޅު ވާނެކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
އަމާން
އަމިއްލައަށް ބާކީވާނީ.
26 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.