ހިޔާ ސަރަހައްދުގައި މިއަދު އޮތް އިވެންޓަށް އުކި ފެން ކޮތަޅެއް: ފޮޓޯ/ އެޗްޑީސީ
ހަބަރު
26 Jan 2023 | 20:40
ނައިބު ރައީސް ބައިވެރިވި ރަސްމިއްޔާތަކަށް ފެން ކޮތަޅު އުކައިފި

ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތު، ހިނގަމުންދިޔަ ވަގުތު އެސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ކޮތަޅު އުކައިފިއެވެ. 

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިޔާ ސަރަހައްދުގައި ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތު، ހިނގަމުންދިޔަ ވަގުތު އެސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ހިޔާ 15 ވަނަ ޓަވަރުން އެއްލި ފެންކޮތަޅެއް އެކޯޕަރޭޝަނުގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި ގެއްލުންވެފައިވާ ކަމަށެވެ. 

"ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވައި ހިންގާ، މުޖުތަމައުގެ މިންގަނޑު ތަކާއި ޚިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަމީ އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް. މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މި މައްސަލަ ބަލާނެ ވާހަކަ ދަންނަވަން. އަދި މިކަމާއި ގުޅިގެން މި ކުންފުނިން އަޅަންޖެހުނު ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން." އެޗްޑީސީން ބުނެފައިވެއެވެ. 

މިއާއެކު އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ހުޅުވުނު ކްލިނިކަކީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއިއެކު ސިއްހީ ޚިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކްލިނިކެއް ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
އިއްބެ
މާބަނޑު މީހުން ތިބެންވާނީ ގޭގަ. އެކަމަކު ފެން ކޮތަޅު އެއްލުންވެސް ގޯސް. އަނެއްކޮޅުން ނޫކަ ވާކަށްވެސް ނެތް.
26 Jan 2023
ހުނޫ
ޕީޕީއެމްގެ ގުންޑާއިންނަށް އަދިވެސް ގިނަގިނައިން ފުލެޓްދީ
26 Jan 2023
ޢަލިި
ތީއެއްވެސްކަމެއްވާ ބައެއްނޫން މަގުމެދައް ބަސް ހުއްޓާގޮތައް ބަސްހުއްޓިތައްހަދައިގެން ހިޔާ ޓަވަރަރުތަކުގައި ދިރިއުޅޭ މީހުންނައް ޖެއްސުންކުރުން ނޫންކަމެއް އެޗް ޑީ ސީ އަކަށް ނުކުރެވޭނެ އެއްވެސް ޕްލޭނެއް ނެތް ތަނެއް ތީ
27 Jan 2023
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.