ރައީސް ނަޝީދު ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
27 Jan 2023 | 06:23
ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހޭފަދަ ސަލާމަތީ ނުރައްކަލެއް ނެތް: ފުލުހުން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނު ޖަލްސާ ނިންމާލީ ސަލާމަތީ ނުރައްކަލެއް އޮތުމުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރަމުންދާ ޚަބަރު ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފި އެވެ. 

އެކަމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރައީސް ނަޝީދު ބޭއްވި ކެމްޕޭނު ޖަލްސާ ކުރުކޮށްލަން ޖެހޭފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވާކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ގައުމީ ދިފާއީ ބާރަށް ލިބިފައިވޭތޯ އެ މުއައްސަސާއިން ސާފުކުރުން އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަން ދިފާއީ ބާރުންވެސް ކަށަވަރުކޮށްދީފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަދި ނަޝީދުގެ ޖަލްސާ ކުރުކޮށްލާފައިވަނީ ސަލާމަތީ ނުރައްކަލެއް އޮތުމާއި ގުޅިގެންކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ ފުލުހުންގެ ބަހެއް ހޯދުމާއި ނުލާކަންވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. 

ނަޝީދުގެ ކެމްޕޭނު ނިންމަވާލެއްވުމަށް ބޭއްވި ޖަލްސާގެ މެދުތެރެއިން އެމަނިކުފާނު ޖަލްސާ މާލަން ދޫކުރައްވާ ވަޑައިގެންފައިވާއިރު، ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތުދެއްވި އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ކުރިންވެސް ޕްލޭނު ކުރެވިފައިވާ ގޮތަށް ކަމަށެވެ. 

ޖަލްސާ އަވަސްކޮށް ނުވަތަ ކުރުގަޅުވާލާފައި ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެހެން ނަމަވެސް ޖަލްސާ ނިމުމުގެ ކުރިން ނަޝީދު ވަޑައިގެންނެވި ސަބަބެއް އެ ބޭފުޅާ ހާމަކުރައްވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.