އިދިކޮޅުގެ މުޒާހަރާގެ ތެރެއިން އަނިޔާވި މީހެއް/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Jan 2023 | 06:28
އިދިކޮޅުގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފި އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރުމާއި ގުޅިގެން އިދިކޮޅުން ގެންދަނީ އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ ސިލްސިލާގޮތެއްގައި މުޒާހަރާ ކުރަމުންނެވެ. 

ބުރާސްފަތި ދުވަހުގެ ރޭވެސް ކުރިއަށް ގެންދިޔައީ ހަމަ އެ ސިލްސިލާގެ މުޒާހަރާއެކެވެ. އެހެން ނަމަވެސް، މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އެގޮތުން ބައެއް މީހުންގެ މޫނާ ދިމާކޮށް ޕެޕާ ސްޕްރޭ ޖެހުމާއި ގުޅިގެން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިގެން ގޮސްފައެވެ. 

އިދިކޮޅު މުޒާހަރާގެ ތެރެއިން ދެ އަންހެނުންނަށް އަނިޔާވެފައި

މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މުޒާހަރާ ރޫޅާލުމުގެ ތެރެއިން 3 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި މާލޭ ސިޓީގެ ކައުންސިލް މެމްބަރު އަހުމަދު އައިފާނުވެސް ހިމެނެެއެވެ.

އައިފާނު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ މޭމައްޗަށް ކޮޅުފައިން އަރާ އަނިޔާކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފަ އެވެ. 

އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުން އިތުރުވަމުން އަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީނަށް އިންސާފު ހޯދާދީފައި ނޫނީ އެ މުޒާހަރާތައް ހުއްޓާނުލާނެކަމުގެ ޔަގީންކަންވެސް އިދިކޮޅުން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ