ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޕްރެސް ކޮންފަރެންސް ދެއްވަނީ/ ފޮޓޯ: އާކައިވް
ހަބަރު
28 Jan 2023 | 18:24
ޕީޕީއެމްގެ އިންތިޚާބުތައް ބަލައިގެން އެމްޑީޕީއިން ޑިމޮކްރަސީ ދަސްކުރަން އަދުރޭ ގޮވާލައިފި!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ އެތެރޭގެ އިންތިޚާބުތައް ބަލައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ފުރަތަމަ ދަސްކުރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި އެވެ. 

މިއަދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާއިރު، ބޮޑެތި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތައް ވަނީ އުފެދިފައެވެ. ބައެއް ސަހަރައްދުތަކުގައި ބަހައްޓާަފައި ހުރި ވޯޓު ފޮށިތައް ފަޅާލާ އެކި ވަރުގެ ގެއްލުންތައް ދީފައިވާއިރު، އެ މައްސަލަތަކާއި ގުޅިގެން 3 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. 

އެމްޑީޕީއަކީ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފްކުރީ އެ ޕާޓީއިން ކަމަށް ދައުވާކުރަމުން އަންނަ ސިޔާސީ ޕާޓީއަކަށް ވެފައި، އެ ޕާޓީއިން އަބަދުވެސް އަމަލުކުރަމުންދަނީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިންކަމަށް ބުނަމުންދާއިރު، މި އިންތިޚާބުގައި ފެންނަމުންދާ މަންޒަރުތަކާއި ގުޅިގެން އަދުރޭ ވަނީ ބަހުގެ ހަމަލާތަކެއް އެމްޑީޕީއަށް ރައްދުކޮށްފަ އެވެ. 

އެގޮތުން އަދުރޭ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި އެ ޕާޓީއިން އެ ތައާރަފު ކުރީ މުޅިން އާ ވައްތަރެއްގެ ޑިމޮކްރަސީއެއްކަމަށެވެ. 

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިފަހަރު މި ތައާރަފުކުރީ މުޅިން އާ ވައްތަރެއްގެ ޑިމޮކްރަސީއެއް ދޯ! އެއަށް ކިޔަން އެންމެ ރަނގަޅީ މަރާ-ބަގުޑި ޑިމޮކްރަސީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އެމްޑީޕީއަށް މަލާމާތުގެ ބަސްތައް ރައްދުކުރައްވާ އަދުރޭ ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހަމަނުޖެހުން ހިންގާ ވީޑިއޯއަކާއި، ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. 

ދެ ފޮޓޯއިން ފެނިގެންދާ މަންޒަރުތައް ބަލާ ދިރާސާކޮށް، އެތެރޭގެ އިންތިޚާބުތައް ޑިމޮކްރަސީގެ އުސޫލުން ކުރިއަށް ގެންދަންވީ ގޮތުގެ ފިލާވަޅުތައް މިއަދު އެމްޑީޕީއިން ޕީޕީއެމްގެ ފަރާތުން ދަސްކުރަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ. 

ކޮމެންޓް
އަލީ ރަޝީދު
ޓިނޭ ބުންޏަސް އެއީ ތެދެކެވެ. ކުރިމަތި ލާނީ ޔާމީނު އެކަނި އެވެ. އެހެން މަގާމަކަށްވެސް ދެމީހަކަށް ވާދަކުރާކަށެއް ނުކެރޭނެއެވެ. ވާދަ ކުރިޔަސް ޔާމީނު ބުނާ މީހަކު ހޮވާފައި އަނެއްމީހާ ޕާރޓީއިން ވަކިކުރާނީއެވެ.
28 Jan 2023
ވޯޓް ވިއްކި ގަމާރު
އެހެންވެތޯ ޕްރައިމަރީ އާއި ނުލާ ރިޔާސީ ޓިކެޓް ދިނީ
28 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.