ޝިޔާމު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
28 Jan 2023 | 18:30
މިއަދު މި އެނގުނީ ގައުމު ހަމަ މަގަށް އެޅުވޭނީ ރައީސް ޔާމީންއަށް ކަން: ޝިޔާމު

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމައިރީގެ ވޯޓުގައި ހިނގައިދިޔަ ކަންތަކަށް އެކަނި ބަލާލިޔަސް، މި ގައުމު މިހާރު މި އޮތް ހާލަތު ހަމަޔަކަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމުކަން އެނގިގެންދާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހިނގައިދިޔަ ކަންކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދިޔައިރު، ވޯޓު ގަނޑުބަޑުކުރުމަށް މަސައްކަތް ކުރާކަމުގެ ގިނަ ތުހުމަތުތަކެއް ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޓީމުން ދިޔައީ އަމާޒުކުރައްވަމުންނެވެ. އަދި ގަވައިދާއި ޚިލާފު ކަންތައްތަކެއް ވޯޓުލާ މަރުކަޒުތަކުގައި ހިނގަމުން ދިއުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުގައި މަޝްރަހު ހޫނުވެ ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިއަދު ފެނުނީ ޑިމޮކްރަސީ އުތުރި އެރި މަންޒަރުކަމަށެވެ. ޑިމޮކްރަސީ ހޯދަން އެމްޑީޕީއިން 17 އަހަރު ކުރި ދިގު ދަތުރުން ދަސްވި ކަމަކީ އެތެރޭގެ އިންތިޚާބުތައް ގަނޑުބަޑުކޮށް ހަމަނުޖެހުން އުފެއްދުން ކަމަށްވާނަމަ ހިތާމަ ކުރައްވާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ، މިއަދު ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު ގައުމު ހަމަމަގަށް އެޅުވޭނެ ފިކުރަކީ ޕީޕީއެމްގެ ފިކުރުކަން އެނގިގެން ދާކަމަށެވެ. އަދި އެ ފިކުރާއެކު، ގައުމު ހަމަމަގަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަން އެނގިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްޑީޕީއިން އެތެރޭގެ އިންތިޚާބު އިއުލާނުކޮށްފައިވަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ކުރުމާއި ގުޅިގެން ޖަލަށް ވަޑައިގަތް ފަހުންނެވެ. 

އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އިންތިޚާބުތަކާއި ދިމާކޮށް ރައީސް ޔާމީން ޖަލުގައި ބަންދުކުރުމަކީ މި ސަރުކާރުގެ ސަގާފަތެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދ ވ އާރަށުގެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލަ އަވަސްކޮށް ހުކުން ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެންކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.