ޑރ އައިޝަތު އަލީ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
29 Jan 2023 | 22:06
ޕީޕީއެމްގެ އިންތިޚާބު ބާއްވަން ސުކޫލުތައް ދިންކަން ސާބިތުކޮށްދޭން މިނިސްޓަރު ދެއްކީ މާ ކުރީގެ ވީޑިއޯއެއް!

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަންވެސް ސުކޫލުތައް ދީފައިވާކަން ހާމަކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓްވީޓާގައި ހިއްސާ ކުރީ މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ވީޑިއޯއެއްކަން ހާމަވެއްޖެ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ސުކޫލުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބު ކުރިއަށް ގެންދިއުމަށް ސުކޫލުތައް ދީފައި ނުވާކަން ފާހަގަކޮށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލު ވަނީ އެޑިއުކޭޝަން މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ. 

"ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސުކޫލުތައް ހޯދަން އެދުމުން އެޑިއުކޭޝަން މިނިސްޓްރީއިން އެންމެ ސުކޫލެއްވެސް ޕީޕީއެމްއަށް ދޫކޮށްފައެއް ނުވޭ. މިއަދު މި ފެންނަނީ އެމްޑީޕީގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސުކޫލެއް ބޭނުންކުރަމުން ދާތަން"

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލު 

ތަލާލުގެ އެ ޓްވީޓާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ ޕީޕީއެމްގެ ގެ އެތެރޭގެ އިންތިޚާބެއް އިސްކަންދަރު ސުކޫލުގައި ކުރިއަށް ގެންދާތަން ފެނިގެންދާ ވީޑިއޯއެއް ހިއްސާކުރައްވާފަ އެވެ. 

އެއާއެކު އެކަމަނާ ވިދާޅުވީ ތަލާލު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ޕްރައިމަރީއާއި، ސެނެޓު ހޮވުމާއި ކޮންގްރެސް ބޭއްވުންފަދަ ހަރަކާތްތައް ބޭއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ސުކޫލުތައް ދޫކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ކެމްޕޭނު ހަރަކާތްތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ބާއްވަން އެއްވެސް ސިޔާސީ ޕާޓީއަކަށް ސުކޫލުތައް ދީފައި ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރުގެ އެ ޓްވީޓާއި ގުޅިގެން ޕީޕީއެމްގެ އެސްޖީ ތަލާލު ވިދާޅުވީ، މިނިސްޓަރު ހިއްސާކުރައްވާފައިވާ ވީޑިއޯއަކީ މީގެ އަހަރުތަކެއް ކުރީގެ ވީޑިއޯއެއްކަމަށެވެ. 

ޕީޕީއެމުން އެންމެ ފަހުން ބޭއްވި ދާއިރާ އިންތިޚާބު ބޭއްވުމަށް ސުކޫލުތައް ހަމަޖައްސައިދިނުމަށް ފޮނުވި ސިޓީއަށް މިހާތަނަށްވެސް ލިޔުމުން ޖަވާބު ދީފައި ނުވާކަމަށާއި، މިނިސްޓްރީއިން ފޯނުން ގުޅުމަށްފަހު ސުކޫލުތައް ދެވެން ނެތް ވާހަކަ އެންގި ކަމަށް ތަލާލު ވިދާޅުވި އެވެ. 

"ތިޔައީ މާ ކުރީގެ ވީޑިއޯއެއް. ޕީޕީއެމް އެންމެ ފަހުން ބޭއްވި ދާއިރާ އިންތިޚާބު އަދި ޕީޕީއެމް ސެނެޓު ހޮވުމަށް ބޭއްވި އިންތިޚާބު ބާއްވަން ސުކޫލުތައް ހޯދަން ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބުވެސް ފޮނުވާފައެއް ނުވޭ. އަނގަބަހުން ގުޅާފަ ބުނީ ސިޔާސީ ކަންކަމަށް ސިޔާސީ ކަންކަމަށް ސުކޫލުތައް ދޫނުކުރާނެކަމަށް. ހަނދުމަފުޅު ނެތީތޯ؟"

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލު 

އެންމެ ފަހުން ޕީޕީއެމުން ބޭއްވި ދާއިރާ ރައީސުން ހޮވާ އިންތިޚާބުގެ ތެރެއިން

އެންމެ ފަހުން ޕީޕީއެމުން ބޭއްވި ދާއިރާ ރައީސުން ހޮވާ އިންތިޚާބު ބާއްވާފައިވަނީ ހެންވޭރު ދަނޑުގައި ޓެންޓުތަކެއް ޖަހައިގެންނެވެ. އަދި ޕީޕީއެމް ސެނެޓު ހޮވުމަށް ބޭއްވި އިންތިޚާބު ކުރިއަށް ގެންދިޔައީ ޕާޓީގެ މައި އޮފީހުގައެވެ. 

ޕީޕީއެމުން ގެންދަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކޮށް ބޮޑެތި ކަންބޮޑުވުންތަކެއްވެސް ހިއްސާކުރަމުންނެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ވީތީ އިންތިޚާބު ބާއްވަން ސުކޫލުތައް ނުދޭ މައްސަލަ އޭސީސީއިން ބަލައިދިނުމަށް ވެސް އިދިކޮޅުން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.