މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
29 Jan 2023 | 22:09
ރައީސް ޞާލިހު ބަދަލުވަމުން އެދަނީ ޑިކްޓޭޓަރަކަށް: ތާރިގް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބަދަލުވަމުން އެދަނީ ޑިކްޓޭޓަރަކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީގެ ޕްރައިމަރީގެ ވޯޓު ގަނޑުބަޑުކޮށްފައިވާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ރިޔާސީ ޕްރައިމަރީ ޑަބަލް ޑިޖިޓުގެ ތަފާތަކުން މޮޅުވާނެކަމުގެ ޔަގީންކަން ރައީސް ޞާލިހު މާކުރިން ދެއްވާފައިވާއިރު، ރައީސް ޞާލިހުގެ އެ ވާހަކަތަކަށްވެސް ތާރިގު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ތާރިގު ވިދާޅުވީ އެ ވިދާޅުވީ "ޑަބަލް ޑިޖިޓު" ފެނުނީ ގޭގެއަށް ބެހި (ފައިސާ) ބޮނޑި ބޮނޑިން ކަމަށެވެ. 

އޭގެ އިތުރުން ތާރިގު ވިދާޅުވީ އެތެރޭގެ އިންތިޚާބު ގަނޑުބަޑުކޮށްގެން ރިޔާސީ ޓިކެޓު ހޯއްދެވުމުން، މި އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރެއްވި މުހައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޞާލިހުގެ ފަހަތަށް އަރާވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

މީގެ ކުރިން ނާ އިންސާފާއި، ކުޑަކާފާއި ދެކޮޅަށް ވަކާލާތު ކުރި ޕާޓީގެ އެތެރޭގެ އިންތިޚާބުން ފެނުނީ ވަރަށް ހުތުރުކަންތައްތަކެއް ކަމަށް ތާރިގު ވިދާޅުވިއެވެ. 

ދުނިޔޭގައި ފާހަގަކޮށްލެވޭ ޚުދުމުހުތާރު ބައެއް ލީޑަރުންގެ މިސާލުތައްވެސް ނަންގަވަމުން ތާރިގު ވިދާޅުވީ ރައީސް ޞާލިހުވެސް މިހާރު ބަދަލުވަމުންދަނީ އެފަދަ ޚުދުމުހުތާރު ލީޑަރަކަށް ކަމަށެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ރައީސް ޞާލިހު އަޑީގައި ހުންނަވާ ގަޑުބަޑުކޮށްފައިވާކަމަށް މި އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި ނަޝީދާއި، އޭނާގެ ވަފާތެރިން ތުހުމަތުކުރައްވަމުން ދާއިރު، ރައީސް ޞާލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީވެސް އިންތިޚާބު އޮޅުވާލައިގެންކަމަށް އިދިކޮޅުން ގެންދަނީ ކެނޑިނޭޅި ތުހުމަތު ކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.