ޝިޔާމު ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Jan 2023 | 08:30
މާތް الله ގެ އިރާދަފުޅާއެކު މި ސަރުކާރު ކުޑަކަކުލަށް ތިރިކުރާނަން: ޝިޔާމު

މާތް الله ގެ ވާގިފުޅާއެކު މިހާރު ވެރިކަން ކުރަމުން މިދާ ކޯލިޝަން ސަރުކާރު ކުޑަކަކުލަށް ތިރިކުރާނެކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ މި ސަރުކާރުގެ ޚުދުމުހުތާރުކަމާއި އަނިޔާވެރިކަން މިހާރު ހައްދުން ނައްޓާފައިވާކަމަށެވެ. 

މިއަދު ޕީޕީއެމް އަކީ ވާދަވެރި ޕާޓީއަށް ވުމުން ކުރަން ޖެހޭ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ވާއިރު، ވާދަވެރި ސިޔާސީ ލީޑަރަށް އެ ޒިންމާ އަދާ ނުކުރެވޭގޮތަށް ހުންނެވީ ހުރަގެއަށްލާފައިކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި މިއަދު އެމަނިކުފާނުގެ ފަރާތްޕުޅުން އެ މަސައްކަތް ކުރަންޖެހިފައި އޮތީ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންނަށް ކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެވާހަކައާއި ގުޅުވާ ޝިޔާމު ވިދާޅުވީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް އިދިކޮޅުގެ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް މިހާރަށްވުރެވެސް ބޮޑެތި އަނިޔާތައް ދިނުމަށް ރައީސް ޞާލިހު އަމުރުކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް ބައިވެރިންނަށް އަނިޔާކުރަން އެފަދަ ފުރުސަތު ނުދެއްވާނެކަމަށާއި، މި ސަރުކާރު ކުޑަކަކުލަށް ތިރިކުރާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް މިއަދު މި އޮތީ މަގުމަތި.. އަޅުގަނޑުމެންނަށް މަގުމަތީގަވެސް ހިތްވަރު ކުރެވޭނެކަން ތިބޭފުޅުން ތި ދައްކަވަނީ. ރައީސް އިބުރާހިމް އަންގަވައިފި އަޅުގަނޑުމެންގެ މުޒާހަރާގެ ބައިވެރިންނަށް އިތުރަށް އަނިޔާދޭން. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ރެއަކަށް ވުރެ ރެޔެއް އަޅުގަނޑުމެންނަށް މި ފެންނަނީ އާ މޫނުތައް.. އަޅުގަނޑުމެން ޔަގީންކޮށް އަރުވަން ތިބޭފުޅުންނަށް، އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން އަޅުގަނޑުމެންގެ ބައިވެރިންނަށް އަނިޔާދޭކަަށް، އެހެންވީމަ ނިކުންނަންވީ.. މަގުމަތި ހަލަބޮލި ކުރަންވީ.. މަގުމަތީގައި ބޯ ގިނަ ކުރަންވީ.. މި ސަރުކާރު ކުޑަކަކުލަށް އަޅުގަނޑުމެން الله އިރާދަފުޅުން ތިރިކުރާނަން"

ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު 

ޝިޔާމު އިތުރަށް ވިދާޅުވީ ފެބުރުއަރީ މަހު މަޖިލީސް ފެށުމާއެކުވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރު ގިރައަކަށް ލައިގެން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެގޮތުން ސަރުކާރުގެ މާލިއްޔާއަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް ދެން އިތުރަށް އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އޭގެ އިތުރުން ޝިޔާމު ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.