އިޒްރާއިލް ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
31 Jan 2023 | 08:05
އިޒްރާއިލުން ފަލަސްޠީނުގެ 26 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ 26 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހިބްރޫންގެ ދެކުނުގެ ސިޓީ ގައި ފަލަސްޠީނުގެ ނަސީމް އަބޫ ފުއާދާ ޝަހީދުކޮށްލައިފައިވަނީ އޭނާ އަށް އަމާޒުކޮށް ބަޑިޖަހައިގެނެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ ނަސީމް ޝަހީދު ކޮށްލައިފައވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ބޮލަށް ވަޒަން އަރައިގެން ކަމަށެވެ.

ފަލަސްޠީނުގެ އޮފިޝަލް ނިއުސް އެޖެންސީ ވަފާ އިން ބުނެފައި ވަނީ އިޒްރާއިލްގެ މިލިޓަރީ އިން އެމީހުންގެ ޗެކްޕޮއިންޓް 160 ޖަހައިފައިވަނީ ހިބްރޫންގެ މެދުތެރޭގައި ހުންނަ އިބްރާހިމީ މިސްކިތުގެ ކައިރީގައި ކަމަށެވެ. ނަސީމް ދަތުރުކުރަމުން ދިޔަ ވެހިކަލަށް އަމާޒުކޮށް އިޒްރާއިލްގެ ސިފައިން ބަޑި ޖަހައިފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ވަޒަން ނަސީމްގެ ބޮލަށް އަރައި އޭނާ ޒަހަމްވި ކަމަށާއި އެއަށް ފަހު އަލް އަހްލީ ހޮސްޕިޓަލަށް އޭނާ ގެންދެވުނު ކަމަށެވެ. ނަސީމްގެ މަރު އިއްލާނު ކޮށްފައިވަނީ ހޮސްޕިޓަލަށް ގެންދެވުމަށް ފަހުއެވެ.

ނަސީމް އަބޫ ފުއާދާ އަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ފެށުނު ފަހުން އިޒްރާއިލުން ޝަހީދުކޮށް 35 ވަނަ މީހާއެވެ. ޖެނުއަރީ މަހަށް ފެށުނު ފަހުން ފަލަސްޠީނުގެ 8 ކުޑަކުއްޖަކުވެސް ޝަހީދުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.