މުހައްމަދު އިސްމާއިލް އިދިކޮޅުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
31 Jan 2023 | 08:27
ފުލުހުން އެންގިޔަސް "ހަރާން ހުކުމް" ކިޔުން ހުއްޓައެއް ނުލާލަން: މުހައްމަދު އިސްމާއިލް

ފުލުހުން އެންގިޔަސް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމަކީ "ހަރާން ހުކުމެއް" ކަަމަށް ކިޔުން ހުއްޓާނުލާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

"ބުންވަރު" ގެ ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހު ފުރަމާލޭގައި މުޒާހަރާއެއް ކުރަން ނިންމާފައިވާއިރު، އެ މުޒާހަރާގައި ހަރާން ހުކުން އެ ޝިއާރު ބޭނުން ނުކުރުމަށް ފުލުހުން އަންގާފައިވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އެއީ ހަރާން ހުކުން ކިޔުން ހުއްޓުވުމަށް ޖޭއެސްސީއިން އަންގާފައިވާތީކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.  

އެއާއެކު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ނުހައްގުން ހުކުމެއް ކުރުމުން ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރާނެކަމަށެވެ. އަދި ރައްޔިތުން ޝުއޫރުފާޅުކުރަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުގެ ބޭނުން ހިފައިގެންކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން މުހައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅުން ބާއްވާ ހަރަކާތްތަކަކީ ސުލްހަވެރިކަމާއެކު ބާއްވާ ހަރަކާތްތަކެއްކަމަށެވެ. އެ ހަރަކާތްތަކުގައި ފުލުހުންގެ އަމުރުތަކަށް ފުރިހަމަޔަށް ބޯލަނބާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެންގިޔަސް ހަރާން ހުކުން ކިޔުން އިދިކޮޅުން ހުއްޓާނުލާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގާތުގައި ފުލުހުން ދެންނެވީ ޖުޑިޝަރީއިން އެބައޮތޭ މައްސަލަ ބަލަން ފޮނުވާފަ "ހަރާން ހުކުމް" ކިޔާތީ..އަޅުގަނޑުމެން ދެންނެވިން ހަރާން ހުކުންވެސް ކިޔާނަމޭ.. ދެންއޮތް އެއްޗެއްވެސް ކިޔާނަމޭ.. ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނަމޭ، ގާނޫނު އަސާސީއިން އަޅުގަނޑުމެންނަށް ލިބިދީފައިވާ ހައްގެކޭ އެއީ"

އިދިކޮޅުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް 

މުހައްމަދު އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުމަށް މިނިސްޓަރުންގެ ގެކޮޅު ކުރިމައްޗަށް އެއްނުވުމަށްވެސް ފުލުހުން އަންގާފައިވާކަމަށެވެ. 

އެހެން ނަމަވެސް ފުލުހުން އެފަދައިން އެންގިޔަސް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން ވަކި ވަކި މިނިސްޓަރުންނާއި ގުޅުންހުރި ކަންކަމުގައި އަޑުއުފުލުމަށް އެ މިނިސްޓަރުންގެ ގެކޮޅު ކައިރިއަށް އެއްވަން ޖެހިއްޖެނަމަ އެކަންވެސް އިދިކޮޅުން ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.