ކޮޗިން އިން ގެއްލިގެން ހޯދަމުންދާ ކ. ތުލުސްދޫ، ފަރިޝްތާ, މުހައްމަދު މަހުދީ--
ހަބަރު
31 Jan 2023 | 16:50
އިންޑިއާ ގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިޔާގެ ކޮޗިން އަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ޢާއިލާއިން ފަށައިފިއެވެ. 

ގެއްލިގެން ހޯދަމުންދަނީ ކ. ތުލުސްދޫ، ފަރިޝްތާ, މުހައްމަދު މަހުދީ (35 އަހަރު) އެވެ. އޭނާ ގެއްލިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު އަމްރިތާ ހޮސްޕިޓަލް ކައިރިންނެވެ. 

ގެއްލިގެން ހޯދަމުންދާ މަހުދީގެ އާއިލާއިން "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި އޭނާ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ މީހެކެވެ. އަދި ފަހަކަށް އައިސް އެ މައްސަލަ ވަރަށް ބޮޑުވުމުގެ ސަބަބުން، އެކަމަށް ފަރުވާ ކުރުމަށް އިންޑިއާ އަށް ދިޔުމަށް ޑޮކްޓަރުން ލަފާދެއްވި ކަމަށެވެ. 

އެހެން ކަމުން އާސަންދަ އާއި ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު، އިންޑިއާ އަށް ގޮސްފައިވާއިރު، މިއަދު ހެނދުނު އަމްރިތާ ހޮސްޕިޓަލްގައި ހުންނަ ޑޮކްޓަރ އަށް ދެއްކުމަށް އޭނާ ގެންގޮސްފައިވާ ކަމަށްވެސް އާއިލާއިން މައުލޫމާތު ދެއެވެ. 

ކޮޗިން އިން ގެއްލިގެން ހޯދަމުންދާ ކ. ތުލުސްދޫ، ފަރިޝްތާ, މުހައްމަދު މަހުދީ--

އެހެންނަމަވެސް، މަހުދީގެ ބަލީގެ ގޮތުން އޭނާ އަކީ ކުއްލި ކުއްލި އަށް ރުޅިއައިސް "ވައިލެންޓް" ކޮށް އުޅޭ މީހަކަށްވާއިރު، ޑޮކްޓަރ އަށް ދައްކަން ގޮސްވެސް އެތަނުގެ އެތެރޭގައި އެފަދަ ކަންކަން ހިނގާފައިވާ ކަމަށާ، އެއަށްފަހު ރުޅިއައިސް ހުރެ އޭނާ ހޮސްޕިޓަލުން ނުކުމެގެން ގޮސްފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. 

އަދި އެ ނުކުމެގެން ދިޔަ ފަހުން އޭނާ އަދިވެސް ފެނިފައިނުވާއިރު، އެ މައްސަލަ އިންޑިޔާގެ ފުލުހުންނާއި، ދިވެހި ފުލުހުން، އަދި އިންޑިއަން ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށްވެސް ހުށަހަޅާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. 

މީގެ އިތުރުން މަހުދީއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ވާނަމަ، 7889180, ނުވަތަ 7971667 ގުޅުމަށް އެ އާއިލާ އިން އެދެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.