ރައީސް ޔާމީން ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް: ފޮޓޯ/ ވޮއިސް
ހަބަރު
01 Feb 2023 | 15:43
"މިއޮތީ ރައީސް ޔާމީނަށް ކުރީ ޙައްޤު ނޫން ޙުކުމެއް ކަމަށް ބުނާ ސަބަބުގެ ތެރެއިން ކުޑަ މިންވަރެއް"

ވ. އާރަށު މައްސަލާގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ކޮށްފައިވަނީ ހައްގު ނޫން ހުކުމެއްކަމަށް ވިދާޅުވާ ސަބަބު ތަކުގެ ތެރެއިން ސަބަބެއް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒު ހާމަކުރައްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ހުކުމް ކުރިތާ 22 ދުވަސް ފަހުން އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓު ގާނޫނީ ވަކީލުންނާއި ހަވާލުކޮށްފައިވަނީ، ރިޕޯޓު ނުދީ ލަސްކުރުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވީފަހުން ނެވެ. 

އެގޮތުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަކީ ހުކުމް އިއްވާއިރު ތައްޔާރުކޮށްފައި އޮންނަންޖެހޭ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓު ނުދީ ހިފަހައްޓަނީ ރިޕޯޓަށް އުނި އިތުރު ގެނައުމަށްކަމަށް އިދިކޮޅުންވެސް އޭރު ގެންދިޔައީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. 

އަދި ރިޕޯޓް ލިބުމާއި އެކު އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން އަންނަނީ އެ ބޭފުޅުންގެ އެ ވާހަކައަކީ ތެދުކަން ހާމަކުރައްވައި ހެކި ދައްކަވަމުންނެވެ. 

އެގޮތުން، މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ހުރި އެފަދަ އުނި އިތުރުތައް ހާމަކުރައްވަމުން ޝިޔާޒު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ  ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ބަސް ބަދަލުކޮށް ދައުވާ ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ. 

ޝިޔާޒުގެ އެ ވާހަކައަށް ބާރު ދެއްވަމުން އެ ޓުވީޓުގައި އޭނާ ވަނީ، ރައީސް ޔާމީން ގެ ޝަރީޢަތް ކުރިއަށް ދިޔައިރު އެ މަނިކުފާނަށް އިއްވާފައިވާ ދައުވާގެ، ވީޑިއޯގެ ޔޫޓިއުބް ލިންކާއި، އަދި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ގައި ދައުވާއަށް އުނިއިތުރު ގެނެސްފައިވާ ގޮތް ހާމަކުރައްވާފައެވެ. 

އެގޮތުން، ޝަރީއަތުގެ މަޖިލީހުގައި އިއްވި ދައުވާގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ އާރަށް ވަކި ފަރާތަކަށް (ޔޫސުފް ނަޢީމަށް) ދިނުމަށް "އިންތިޒާމް ހަމަޖެއްސުމުން"، އެކަމުގެ މުގާބިލުގައި ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނަށް ފޮނުވާފައިވާ 1 މިލިއަން ޑޮލަރު އެމަނިކުފާނު ގަބޫލުކޮށްފައިވާ ކަމަށް ބުނެފައިވާއިރު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި "އިންތިޒާމް ހަމަޖެއްސުމުން" ގެ ބަދަލުގައި އިނީ "ނުފޫޒު ފޯރުވުމުން" ނެވެ. 

އެކަން ފާހަގަކުރައްވަމުން ޝިޔާޒް ވިދާޅުވީ މިއީ، "‏ޙައްޤު ނޫން ޙުކުމެއް ކަމަށް ބުނާ ސަބަބުގެ ތެރެއިން ހަމަ ކުޑަ މިންވަރެއް" ކަމަށާ އެގޮތަށް އޮތުމުން ދައުވާވެސް ބަދަލުވާ ކަމަށެވެ.

މީގެ ކުރިންވެސް ޝިޔާޒް ވަނީ ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ އެފަދަ ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޒިޔަތާއި، ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ކޯޓަށް ދިން ހެކިބަހުގެ އިތުރުން ގިނަ ވާހަކަތަކެއް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަން އޭނާ ވަނީ ހާމަކޮށްދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.