މުސްލިމް ދެކުދިން ގައިގައި ބަދެގެން އަނިޔާ ކުރަނީ--
ދުނިޔެ
02 Feb 2023 | 09:33
އިންޑިޔާގައި މުސްލިމް ކުޑަ ދެކުއްޖަކު ގަހެއްގައި ބަނދެ އަނިޔާ ކުރާ މަންޒަރު އާންމުވެއްޖެ

އިންޑިޔާގައި މުސްލިމް ކުޑަ ދެކުއްޖަކު ގަހެއްގައި ބަނދެ އަނިޔާ ކުރާ މަންޒަރު އާންމުވެއްޖެއެވެ. 

އިންޑީޔާގެ އުއްތަރް ޕްރަދޭޝްގައި އޮންނަ ބަރަބަންކީ ޑިސްޓްރިކްޓް ގައި ޝަދަބް އަދި ޝަކީލް ނަމަކަށް ކިޔާ މި ދެކުދިން ގަހުގައި ބަނދެ ރަހުމެއް ނެތް ގޮތުގައި އަނިޔާ ކޮށްފައިވަނީ ކުޑަ އަންހެން ކުއްޖަކާއި ބެހުނު ކަމުގެ ދޮގު އިލްޒާމް އެ ދެކުދިންގެ ބޮލުގައި އަޅުވައި ފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

އިންޑިޔާގައި މުސްލިމުންނާއި މެދު އިންސާނިއްޔަތާއި ޚިލާފު އެތަށް ޢަމަލު ތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރ މަހު ހިންދޫން އިންގެ ޘަޤާފީ ޢީދެއް ފާހަގަ ކުރަމުންދަނިކޮށް އޮއްގަލުން ހަމަލާ ދިން ކަމަށް ބުނެ 19 މުސްލިމަކު ހައްޔަރުކޮށްފައިވެއެވެ.

އަދި އޭގެ ތެރެއިން އެއްބަޔަކު ދޫކޮށްލައި އޭގެ ދެދުވަސް ފަހުން ސަރުކާރުގެ ޤަވާއިދުތަކާއި ޚިލާފަށް އެ މައްސަލައިގެ އިލްޒާމްގައި ހިފެހެއްޓި ތިން މީހެއްގެ ގެ ވަނީ ތަޅައި ސުންނާފަތިކޮށް ބިމާއި ހަމަކޮށްފައިވެއެވެ. އަދި އެ ގެތައް އަޅައިފައިހުރީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އިންޑީޔާގައި މުސްލިމުންނަށް ޖިސްމާނީ މާލީ އަދި ނަފްސާނީވެސް އެތައް އަނިޔާއެއް އަންނަނީ ދެމުންނެވެ. ހިޖާބް އަޅާތީ، އެތައް މުސްލިމް އަންހެން ކުދިންނެއް ވަނީ ކިޔެވުމުންވެސް މަޙްރޫމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.