އިންތިހާބު ކޮމިޓީން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
ހަބަރު
02 Feb 2023 | 11:34
ކަންބޮޑުވާ ކަހަލަ ޝަކުވާ ހުރި ނަމަވެސް އެއިން ނަތީޖާއަަށް އަސަރު ނުކުރާނެ: އެމްޑީޕީ

ޖަނަވަރީ 28 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން ކަންބޮޑުވާ ކަހަލަ ޝަކުވާ ހުށަހެޅިފައިވާ ނަމަވެސް އެއިން ނަތީޖާއަަށް އަސަރު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.  

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އާއި އެއްވެސް ތަފާތެއް ނެތްކަން ހާމަކުރައްވައި ދާއިމީ ނަތީޖާ އިއުލާން ކުރައްވާފައެވެ.

އަދި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފައި ވަނީ، އިންތިހާބާއި ގުޅިގެން ހުށަހެޅިފައިވާ ހުރިހާ ޝަކުވާތަކެއް ބެލުމަށް ފަހުގައި، ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޖުމުލަ 54 ޝަކުވާއެއް އޮންލައިން ކޮށް ހުށަހެޅިފައިވާ އިރު، އިންތިޚާބު ކުރިއަށް ދިޔަ ދުވަހު ގުޅައިގެންވެސް 10 ޝަކުވާ ހުށަހެޅިފައިވާ ކަން އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންތިޚާބާއި ގުޅުން ހުރި ޝަކުވާ ތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން އިންތިޚާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ކަންބޮޑުވާ ފަދަ ބައެއް ޝަކުވާތައް ހުށަހެޅިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެއިން އެއްވެސް ޝަކުވާ އަކުން ޕްރައިމަރީގެ ނަތީޖާއަށް ބަދަލު ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މާފަންނު ދެކުނު ދާއިރާގެ ފޮށްޓަކަށް ދިމާވި ކަމެއްގެ ވާހަކަ. އަޅުގަނޑުމެން ބެލި ބެލުމުގައި، ފޮށި ކައިރީ އޮތް ވޯޓާސް ލިސްޓުގައި އެ ފަރާތުގެ ނަން އޮތް. އެގަޑީގައި ފަހަރެއްގައި ވެދާނެ ނުފެނުނު ކަމަށްވެސް. އެހެން ނަމަވެސް ލިސްޓުގައި އޮތް ކަމަށް."

"އޭގެ އިތުރުން ބައެއް ފަރާތުން އެބަ ހުރި ވީޑިއޯ އެވިޑެންސް ހުށަހަޅާފައި. އެގޮތުން، އިސްދޫގައި ހުރި ފޮށީގައި ވޯޓު ކަރުދާސް ދޫކުރި އިރު، އޭގައި ފާހަގަ ޖަހާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއެއް. ނަމަވެސް އަޅުގަނޑުމެން އެ ވީޑިއޯ ވަރަށް ރަނގަޅަށް ބަލާފައި އަދި ފޮށި ކައިރީގައި ދެން ހަރަކާތްތެރިވި އޮފިޝަލުންނަށްވެސް ގުޅާފައި، އެބޭފުޅުންގެ ބަސް އަހާފައި ބަޔާން ނަގާފައި ބެލި އިރު، އެ އޮފިޝަލް ފާހަގަ ލާފައި ވަނީ ވޯޓު ކަރުދާހަކު ނޫން. އެ އޮފިޝަލަށް ހަވާލުކޮށްފައި އޮންނާނެ ޓެލީ ޝީޓެއް. އޭނާ ފާހަގަ ޖަހާފައި ވަނީ އެ ޓެލީ ޝީޓުގައި." އަނަސް ވިދާޅުވި އެވެ. 

މީގެ އިތުރުން އަނަސް ވިދާޅުވީ، އެއް ކެންޑިޑޭޓަކަށް އެއް ކަރުދާސް ކޮޅަށްވުރެ ގިނަ ކަރުދާސްކޮޅު ދީފައިވާކަން ހާމަކުރުމުގެ ގޮތުން ބައެއް ފޮޓޯ ތަކާއި ވީޑިއޯ ތައްވެސް މީސްމީޑިއާގައި ދައުރު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލަ ބެލިބެލުމުން އެނގިގެން ދިޔައީ އެއީ ކުރިން ބޭއްވުނު ޗެއާޕާސަން އިންތިހާބާއި ގުޅޭ ފޮޓޯ ތަކެއް ކަމަށެވެ. އެގޮތުން، އެ އިންތިހާބުގައި ޗެއާޕާސަން، އަންހެނުންގެ ރޫހުގެ ރައީސާ އަދި ޒުވާނުންގެ ގޮފީގެ ރައީސް އަށް ތިން ކުލަ އަކުން ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، ޕްރައިމަރީ އާއި ގުޅިގެން ދައުރުވި އެ ފޮޓޯ ތަކުގައިވެސް ހުރި އެ ކަރުދާސްތައްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.  

އަނަސް ވިދާޅުވީ އެފަދަ ހުރިހާ ވީޑިއޯ އަކާއި ފޮޓޯ ތަކެއްވެސް ދައުރު ކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ އަމާން ކަމާއި, ސައްހަ ކަން ކަނޑުވާލުމަށް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.