ހޯޕް ކޮންފަރެންސް ގައި ބައިވެރިވާ ބައެއް މެމްބަރުން: ފޮޓޯ/ ޕީޕީއެމް
ހަބަރު
02 Feb 2023 | 12:19
އިދިކޮޅުގެ "ހޯޕް ކޮންފަރެންސް"ގެ ބައިވެރިން ރަޖިސްޓަރީވާން ފަށައިފި

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބޮޑު މަހާސިންތާ "ހޯޕް ކޮންފަރެންސް"ގައި ބައިވެރިވާ މަންދޫބުން ރަޖިސްޓަރީވާން ފަށައިފިއެވެ.

މިއަދު 13:30 އިން ފެށިގެން މިމަހުގެ 4 ވަނަ ދުވަހަށް ދަރުބާރުގޭގައި ކުރިއަށްދާ، މި ކޮސްފަރެންސް އަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސް ކަމަށް އިދިކޮޅުން މައުލޫމާތު ދެއެވެ. 

އެގޮތުން ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި 1000 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑާއިގަންނަވާނެ ކަމަށް އިދިކޮޅު ތަރުޖަމާނު ހީނާ ފާހަގަކުރައްވިއެވެ.

މީގެ ތެރޭގައި ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި، އަންހެނުންގެ ރައީސުންނާއި، ސެނެޓަރުންނާއި، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެމްބަރުން ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ގިނަ ބައިވެރިން މާލެ އައިސްފައިވާ ކަމަށް ވެސް ހީނާ ވަނީ ފާހަގަ ކޮށްފައެވެ.

މިއާއިއެކު ހީނާ ވިދާޅުވެފައިވަނީ މި ކޮންފަރެންސްއަކީ މި އަހަރު ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށް ކެމްޕެއިންކުރުމުގެ ފެށުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދޭންޖެހޭ މެސެޖްތަކާއި ރަށްރަށުން ވާން ޖެހޭ ތައްޔާރީތައް ފެށުން ކަމަށެވެ. އަދި މި ކޮންފަރެންސްގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދެކެވިގެން ދާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކޮންފަރެންސް ނިންމުމަށްފަހު ބައިވެރިން އަނބުރާ ރަށްރަށަށް ވަޑައިގަތުމާއިއެކު އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވަނީ ފާަހަގަކުރައްވާފައެވެ.

މިއަދުގެ ކޮންފަރެންސްގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ވަނީ "ބުންވަރު" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ހަމަ ޖެހިފައެވެ. މިކަމާއި ގުޅިގެން ހީނާ ފާހަގަ ކުރައްވާފައިވަނީ މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށެވެ.

އަދި ހިނގާލުމަށްފަހު ގައުމީ ކޮންފަރެންސް ނިންމާލުމަށްޓަކައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ "ދުއްޕާން" ގެ ނަމުގައި ޖަލްސާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.