ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Feb 2023 | 14:28
ޖަނަވަރީ މަހު އެކަނިވެސް ސަރުކާރުގެ ދަތުރުތަކަށް 5.9 މިލިއަން ރުފިޔާ ހޭދަކޮށްފި

މިއަހަރުގެ ފުރަތަމަ އެއްމަސް ދުވަސް ނުނިމެނީސް ސަރުކާރުން މިއަހަރު ދަތުރުތަކަށް ކުރި ޚަރަދު 5.9 މިލިއަން ރުފިޔާ އަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 1 ޖެނުއަރީ 2023 އިން 26 ޖެނުއަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 5.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތައްވުރެ 9 ލައްކަ ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 5.0 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ދަތުރު ތަކުގެ ތަފްސީލް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ހާމަކޮށްފައި ނުވި ނަމަވެސް، މި ޖަނަވަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ދަތުރު ކުރައްވާފައެވެ. އަދި މިދަތުރު ތަކުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ގިނަ މިނިސްޓްރީ ތަކުގެ ވެރިންވެސް ވަނީ ބައިވެވަޑައިގެންފައެވެ. އެހެންކަމުން ދަތުރުތަކަށް އިތުރުވެފައި މިވަނީ ކެންޕެއިނަށް ކުރެއްވި ދަތުރު ތަކުގެ ޚަރަދު ކަމަށް ބެލެވެއެވެ. 

ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު މިއީ އިންތިހާބު އަހަރު ކަމުން، ރައީސް ޞާލިހާއި، ސަރުކާރުގެ އިސް ފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދައުލަތުގެ ޚަރަދުގައި ކެންޕެއިނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، މި މިއަހަރު ދަތުރުތަކަށް ކަނޑައަޅާފައިވާ 210.2 މިލިއަން ރުފިޔާ ބަޖެޓަށްވުރެ ގިނައިން ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ވެސް ދަތުރުތަކަށް 203 މިލިއަން ރުފިޔާ ބަޖެޓް ކުރުމަށްފަހު އަހަރު ނިމުނުއިރު ދަތުރުތަކަށް 235.4 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.