ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހޯޕް ކޮންފަރެންސް ގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
02 Feb 2023 | 15:55
ޖަލަށް ލައިގެން މިއުޅެނީ ރައީސް ޔާމީން އެއް ނޫން؛ ޖަލަށް ލައިގެން މިއުޅެނީ މިނިވަންކަން: އަބްދުއްރަހީމް

ޖަލަށް ލައިގެން މިއުޅެނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ނޫން ކަމަށާ، ޖަލަށް ލައިގެން މިއުޅެނީ ދިވެހިންގެ މިނިވަންކަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ. 

މިއަދު ފެށުނު އިދިކޮޅު އިއްތިހާދުގެ ބޮޑު މަހާސިންތާ "ހޯޕް ކޮންފަރެންސް" އިފްތިތާހުކުރައްވައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށާއި، ގައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުންގެ ކިބައިން އެދިލައްވާ އެދިލެއްވުންތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން، އެމަނިކުފާނު ޖަލުގައި އިންނެވި ނަމަވެސް މާޔޫސް ނުވުމަށާއި، ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ފޭރިގެންދާއިރު މަޑުން ނުތިބުމަށް އެދިވަޑައިގެންފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

"މި ކޮންފަރެންސް އަކީ އުފާވެރި ކޮންފަރެންސް އެއް ކަމަށް އަޅުގަނޑަށް ދެންނެވިދާނެ ކަށް ނެތް. މި ކޮންފަރެންސް އުފާވެރި ނުވީ މިއަދު މިއޮތް ސަރުކާރުގެ އަނިޔާވެރި ކަމުން. ނުބައި ނުލަފާ ކަމާއި ހުރެ. ގޮތެއް ފޮތެއް ނެތުމުގެ ސަބަބުން."

އަބްދުއްރަހީމް 

މިސަރުކާރުން ރައީސް ޔާމީން އަށް އަނީޔާވެރި ވަމުންދާ ސަބަބެއް ކަމަށް އަދުރޭ ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖެއަށް ހޯދައިދެއްވި ފުދުންތެރި ކަމާއި ކެރުންތެރިކަމުގެ އިތުރުން ދިވެހިއްޔަތުގެ ސަބަބުން ކަމަށެވެ. 

މިއާއެކު އަދުރޭ ވިދާޅުވީ މި ސަރުކާރުން ޖަލަށް ލައިގެން އުޅެނީ ރައީސް ޔާމީން ނޫންކަމަށާއި ޖަލަށް ލައިގެން އުޅެނީ ރާއްޖޭގެ މިނިވަންކަންކަމަށެވެ.

"ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދު، ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު، މާދަމާގެ ކުޑަކުދިންގެ ހުވަފެން، މިއަދު ދިރިތިބީން އެބައެއްގެ ހިތުގައި މިހާތަނަށް ދިވެހި ގައުމުގެ ވެރިއަކަށް ނުދޭ ފަދަ ގަދަރާއި އިހްތިރާމް ދެއްވާފައިވާ ހުރި ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރު" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ގޮނޑީގައި އިށިނދެ ވަޑައިގަންނަވާއިރު 5 އަހަރު ދުވަސް ވާއިރު އެމަނިކުފާނު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ކުރިމަތީގައި އޮންނަކަމަށާއި އެއަށް ވާސިލްވާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. 

"ބަޔަކަށް އަޅުދާސްތުވެގެން ބަޔަކަށް ސަލާން ޖަހައިގެން ބަޔަކު ކައިރީގައި ރޮއެ ހޭރިގެން ކަންކަން ކުރަން ހުރުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ނޫން" އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.