ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް: ފޮޓޯ/ ވޮއިސް
ހަބަރު
02 Feb 2023 | 18:34
ކުށްވެރިވެފަ ތިބި މީހުން ހެކިންނަށް ގެނައީމައި ކަމަކު ނުދޭ: ޑރ. ޖަމީލް

ކުށްވެރިވެފަ ތިބި މީހުން ހެކިންނަށް ގެނައީމައި އެކަން ބަލައިނުގަނެވޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ފެށި “ހޯޕް ކޮންފަރެންސް 2023” ގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމުވާނީ އަދުލުވެރި ޝަރުއީ ނިޒާމެއް ކަމަށެވެ. އަދި އެފަދަ ޝަރުއީ ނިޒާމެއް ގެއްލިފައި އޮންނަ ގައުމަކަށް ދިމާވާނެ އެންމެ ބޮޑު މުސީބާތަކީ އެ ގައުމެއްގެ ސިޔާސީ ވެރިންގެ ރައްކާތެރިކަން ގެއްލިގެން ދިއުންކަމަށާ، ސިޔާސީ ވެރިންނަށް އަނިޔާކުރުމަށްޓަކައި ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރަކީ އެއީކަމަށެވެ. 

"ގައުމެއްގެ ސިޔާސީ މަސައްކަތްކުރުމަކީ އެބަޔަކަށް އަނިޔާ ދޭ ކަމަކަށް ވެގެން މިއުޅެނީ ކީއްވެގެންތޯ؟ ކޮންތާކުތޯ އެވާހަކަ އޮތީ. ކީއްގެންތޯ އަޅުގަނޑުމެން އެކަމަށް ފެން ބޮވައިގަނެގެން މިއުޅެނީ." ޖަމީލް ވިދާޅުވި އެވެ. 

މިއާއެކު ޖަމީލު ވިދާޅުވީ، ގައުމުގައި ތިބޭ ފުލުހުންގެ ހަމައެކަނި ޒިންމާއަކީ ގައުމުގެ އިދިކޮޅުގެ ލީޑަރުގެ މައްޗަށް ތަހުގީގު ހިންގުންކަމަށްވަނީނަމަ ކަމު ނުދާކަމަށާ، އަދި ކުށްވެރިން ހެކިވެރިންގެ ގޮތުގައި ގެނައުމުންވެސް ކަމުނުދާކަމަށެވެ. 

"ބަލާފަ ހޯދާފަ ކުށްވެރިވެފައިވާ މީހުން ހެކިންނަށް ގެނައިމާ ކަމަކު ނުދޭ، ސޯމާލިޔާއާއި އެފްރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާގޮތަށް ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތް އަމާޒު ވީމައި އެ ކަމަކު ނުދޭ، ޕްރޮސެކިއުޓާ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެފައިހުރި ބޭފުޅަކަށްވީމައި ކަމަކު ނުދޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެފަދައިން ވިދާޅުވެފައި އެވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިން ކަމުގައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތުގެ ހެކިންގެ ގޮތުގައި ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސް ދިނުމުން ކަމަށް ބެލެވެއެވެ. 

ޖަމީލް އިތުރަށް ވިދާޅުވީ، ޝަރުޢީ ނިޒާމު އިސްލާހު ނުވާކަމުގެ ހެތްކަކީ ވަކި ބަޔަކުގެ މައްޗަށް ނިޒާމު ތަންފީޒުވާތީކަމަށާ، ފިކުރު ތަފާތުވާ މީހުންނާއިމެދު އެކަނި ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

"ސިސްޓަމް އެބަ ހިނގަޔޯ، ސިސްޓަމެއް ނުހިނގާ، ސިސްޓަމް ހިނގާ ނަމަ މަހްލޫފް ނުހުންނާނެ ކެބިނެޓްގައި، ސިސްޓަމް ހިނގާ ނަމަ ތުހުމަތު ކުރެވުނީމައި އައިޝާއެއް އައިމިނާއެއް ނީންނާނެ" ޑރ. ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓް
ޙަސަން
ކުއްކުރީމަ ކުއްވެރިވާނެ. މާނައަކީ ކުރިން އެކީގަ ގުރޫޕް ހަދައިގެން ކުއްކޮއްފަ ހުރިނަމަވެސް އެއީ ހެކިދެވޭނެ ބައެއް ނޫނޭތޯ؟
02 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.