ޑރ މުޙައްމަދް ޝަޙީމް ޢަލީ ސަޢީދު، ހޯޕް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަނީ
ހަބަރު
02 Feb 2023 | 22:43
ރައީސް ޔާމީން އަކީ ވަކި ޢައިލާއަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން: ޑރ. ޝަހީމް

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްއަކީ ވަކި އާއިލާއަކަށް، ވަކި މީހެއްގެ އަނބިކަނބަލަކަށް، ނުވަތަ ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން ކަމަށް ޑރ މުޙައްމަދް ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ދިކޮޅު ކޯލިޝަނުން ދަރުބާރުގޭގައި ބާއްވާ 'ހޯޕް ކޮންފަރެންސް' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތު ބިނާވެފައިވަނީ، ދިވެހިވަންތަކަމަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކައުތެރިކޮށް ދެމެހެއްޓުމުގެ އިތުރުން ރާއްޖޭގައި އިގްތިސާދީ މިނިވަންކަން ގާއިމު ކުރުމާއި ދިވެހިވަންތަކަމުގެ ސަގާފަތް ރާއްޖޭގައި ދެމެހެއްޓުމުގެ މައްޗަށްކަމަށެވެ.

ޕީޕީއެމްގެ ހޯޕް ކޮންފަރެންސްގެ ތެރެއިން

ޑރ ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގެ ދަށުން ކުރެވޭ ވެރިކަމަކަށް މިއަދު ދިވެހިން ބޭނުން ޖެހިފައިވާ ވަރާއިމެދު މިއަދު ވިސްނާލަންޖެހިފައިވާކަމަށެވެ. އެނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާ ކުރެވިފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލުމުން ފެނިގެންދަނީ އުފެއްދުންތެރިކަމުގެ ވިސްނުމުގެ އިސްކޮޅު ހުރި މިންވަރުކަމަށެވެ. އަދި ބިނާ ކުރެވިފައިވާ ސީޕްލޭން ޓާމިނަލްއަށް ބަލާލުމުން އެ ފެނިގެންދަނީ ރާއްޖޭގެ ތަރައްގީ މިސްރާބު ހިފާފައިވާ މިންގަނޑުކަމަށްވެސް ވިދާޅުވިއެވެ. ހުޅުމާލެ އަދި މާލެ ގުޅުވާލުމަށް ބިނާ ކުރެވިފައިވާ ބުރިޖުން ރަމްޒުކޮށްދެނީ ތަރައްގީ ދަތުރުކޮށްފައިވާ މިސްރާބުކަމަށެވެ. އެހެންނަމަވެސް މިއަދު ހުރިހާ ކަމެއް ހުރީ ހުއްޓިފައިކަމަށާއި ދިވެހި ގައުމު އުސްމިންތަކަކަށް ގެންދެވުމައްޓަކައި ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެ މަނިކުފާނަކީ ޒުވާނުންނަށް ފުރުސަތު ދެއްވި ބޭފުޅެއް. އެ މަނިކުފާނުގެ ކެބިނެޓަށް ބެއްލެވި ނަމަވެސް އެ މަނިކުފާނަކީ ވަކި އާއިލާއަކަށް، ވަކި މީހެއްގެ އަނބިކަނބަލަކަށް، ވަކި މީހެއްގެ ފިރިކަލަކަށް ބަލައިގެން ވަޒީފާ ދެއްވި ބޭފުޅެއް ނޫން" 

"ކިތަންމެ ނިކަމެތި އާއިލާއަކަށް ނިސްބަތްވި ނަމަވެސް، އެ އާއިލާއަކަށް ނިސްބަތްވާ އެ ބޭފުޅަކީ ނުވަތަ ޒުވާނަކީ ތައުލީމީ، ގާބިލު ބޭފުޅެއް ނަމަ، ގައުމުގެ ކަންތައްތައް ހަވާލުކުރުމާ ފަސްޖެހިވަޑައިގަތް ބޭފުޅެއް ނޫން" 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރެއްވި ޑރ ޝަހީމް ވިދާޅުވިއެވެ.

އެ އެންމެހައި ސަބަބުތަކަށްޓަކައި ޔާމީނުގެ ވެރިކަމެއް އަލުން އިއާދަކުރުމަށް އަޒުމު އާކުރުމަށް ޝަހީމް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
އަދުހަމް
ވަޒީފާ ދިނީ ޕީޕީއެމް ގެ އިސް މީހުން ބުނާ ޕާޓީގެ ވަކިބަޔަކަށް. އެވަރުން ނުވެގެން ވަޒީފާގަ ތިބި މީހުން ވަޒީފާއިން ވަކިވެސް ކުރީ. ރައީސް ޔާމިން ނުކުރިޔަސް، ޕީޕީއެމް ވެރިކަމުގަ ކަން ހިނގީ މި އުސޫލުން.
03 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.